ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭގެ މަންމާފުޅު ނިޔާވެއްޖެ

ޕީއެންސީގެ ރައީސް އަބްުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ޙަވާލުވެ ހުންނެވި ޕީއެސްސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ މަންމާފުޅު ނިޔާވެއްޖެއެވެ.

އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ޙަވާލުވެ ހުންނެވި ޕީއެސްސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ލޮބުވެތި މަންމާފުޅު އަދި ޕީ.ޕީ.އެމް. ގެ ކައުންސިލް މެންބަރު އިބްރާހީމް ފައިސަލްގެ މާމަފުޅު މަރްޔަމް އަޙްމަދު، (ލ. ފޮނަދޫބަނަފްސާގެ) ރޭގެ ފަތިހުގެ ވަގުތެއްގައި ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވި ޚަބަރު މިކޯލިޝަންގެ އެންމެހާ މެންބަރުން އެއީ ވަރަށްވެސް ފުން ހިތާމައާއި އަސަރާއިއެކުގައި ކަމުގައެވެ.

“މަރްޙޫމާ މަރިޔަމް އަޙްމަދު ގެ ފުރާނަފުޅަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ރަޙްމަތް ލައްވާ، ފާފަ ފުއްސަވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އާމީން.” ބަޔާނުގައި ވެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާއި ޙަވާލުވެ ހުންނެވި ޕީއެސްސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި އެމަނިކުފާނުގެ ޢާއިލާއަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި މިކޯލިޝަންގެ އެންމެހާ މެންބަރުން ބައިވެރިވެ، އެމަނިކުފާނާއި އެމަނިކުފާނުގެ ޢާއިލާއަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި މިކޯލިޝަންގެ ލީޑާރޝިޕާއި، ކައުންސިލް މެންބަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ވަނީ ދުޢާ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: