ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްރަންޓްލައިން އެލަވެންސް 10،000 ފަރާތަކަށް ދީފި

ކޮވިޑް އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގަނީ - ފޮޓޯ: ހެލްތު މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް އާއި ގުޅިގެން ފްރަންޓްލައިނުގައި މަސައްކަތްކުރާ 10،180 ފަރާތަކަށް މިހާތަނަށް އެލަވެންސް ދީފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އިއްޔެގެ ނިޔަލަށް 10،180 ފަރާތަކަށް ޖުމްލަ 90.32 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

އޭގެތެރޭގައި މެޑިކަލް ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓެސްޓް ސާމްޕަލް ނަގާ ފަރާތްތަކާއި، ލެބް ޓެކްނީޝަނުންނާއި، ބައްޔަށް ޕޮޒިޓިވްވާ މީހުން އެއް ތަނުން އަނެއް ތަނަށް ގެންދިޔުމުގައި އުޅަނދުތަކުގައި ތިބޭ ފަރާތްތަކުންނާއި، ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ވޯޑަށް ވަންނަ ފަރާތްތަކާއި، ޓްރެވެލް ކްލިނިކުތަކުގައި މަސައްކަތްކުރާ މީހުން ހިމެނެެެެެެއެވެ.

އެ ފަރާތްތަކަށް އެލަވެންްސެއްގެ ގޮތުގައި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 500 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ދެވަނަ ގިންތިއަކީ ފްރަންޓްލައިނުގައި މަސައްކަތްކުރާ މީޑިއަމް ރިސްކު ފަރާތްތަކެވެ. މީގެތެރޭގައި ހިމެނެނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ސީދާ ގޮތުން ހިދުމަތް ދޭންނުޖެހުނު ނަމަވެސް ހައި ރިސްކު ފަރާތްތަކާއި އެކު މަސައްކަތް ކުރާ ފަރާތްތަކެވެ. އެފަދަ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 250 ރުފިޔާގެ އެލަވެންސެއް ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ތިންވަނަ ގިންތީގެ ތެރޭގައި ހިމެނެނީ ފްރަންޓްލައިނުގައި މަސައްކަތްކުރާ ލޯ ރިސްކު ފަރާތްތަކެވެ. އެއީ ފުރަތަމަ ދެ ކެޓެގަރީ އަށް ނުފެތޭ ނަމަވެސް އެންއީއޯސީގައި ދުވާލެއްގެ މައްޗަށް ހަ ގަޑިއިރު ހޭދަކުރާ ފަރާތްތައްްްްްްްްތަކެވެ.

އެ ފަރާތްތަކަށް އެލަވެންްސެއްގެ ގޮތުގައި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކު 200 ރުފިޔާ ދެެެެެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: