ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެއި/ޖޫން ގައި ބާއްވާ ކެމްބްރިޖް އަދި އެޑެކްސެލްގެ އިމްތިހާނުތައް ރާއްޖޭގައި ކުރިއަށްދާނެ: މިނިސްޓްރީ

އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީ.ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރު މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އަދި އެޑެކްސެލް ގެ އިމްތިހާނުތައް ތާވަލުކޮށްފައިވާ ގޮތަށް ދިވެހިރާއްޖޭގައި ކުރިޔަށް ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނީ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ޖީސީއެސްއީ އާއި އޭލެވެލް އިމްތިހާން ކޮވިޑް-19 އާ ގުޅިގެން މި އަހަރު ނުބާއްވަން އިނގިރޭސިވިލާތުން ނިންމުމާ ގުޅިގެންނެވެ.

އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ކުރިންވެސް ތާވަލް ކޮށްފައިވާ ގޮތަށް މި އިމްތިހާނުތައް ރާއްޖޭގައި ބޭއްވިގެންދާނެކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު ބާއްވަން އުޅުނު ޖީސީއެސްއީ އާއި އޭލެވެލް އިމްތިހާން ވަނީ ފަސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: