ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ބާއްވަން ބޭނުންވާ އިސްލާހު މަޖިލީހަށް ހުށައަޅައިފި

މެމްބަރު ނިޔާޒް މަޖިލީހުގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވޭ ގޮތަށް ސަންސެޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް އެ ބިލް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ. ބަންޑާރަ ނައިބުގެ އޮފީހުން ބިލް އެކުލަވާލުމުގެ މަސައްކަތް ފެއްޓެވީ އިއްޔެގެ ވަގުތެއްގައެވެ.

މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އެދި އަލީ ނިޔާޒު މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ފޮޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އިތުރަށް ފަސްނުކޮށް ބޭއްވޭނެ މަގު ފަހިކުރުމަށްޓަކައި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020 އަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ސަރުކާރުން ފޮނުއްވާފައިވާތީ، އެބިލަކީ ވީހާވެސް އަވަހަކަށް ނިންމުން މުހިންމު ބިލެއްކަމުން، އެބިލުގެ މަސައްކަތް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ހުށަހަޅުއްވާ ކަމަށެވެ.

ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންމަ އޭޕްރިލް މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މި އިސްލާހު މި މަސްތެރޭ ފާސްކުރަން ޖެހޭނެ ކަމަށް އިސީގެ ރައީސް އަހުމަދު ޝަރީފްވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: