ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ޝެއާރކޮށްލާ ކަހަލަދޯ؟

އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް(އޭއޭއޭ) އިން އައްޑޫގައި ހިންގަމުންދާ ފްލައިން ސްކޫލްގެ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އިތުރުފުޅު ހައްދަވާފައިވާ ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޒުހައިރު ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ ޒުހައިރު ސޮއިކުރައްވައި މަޖިލީހުގެ ރައީސަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ 5 ޖެނުއަރީ 2021 ވަނަ ދުވަހު ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީއިން ބޭއްވި ބައްދަލުވުމުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އައިޝަތު ނަހުލާ ދެއްކެވި ވާހަކަތަކަކީ އެއްވެސް އަސާސެއް އަސްލެއް ނެތް ވާހަކަތަކެއްކަން ރައްޔިތުންގެ މަޖިލީހުގެ އަދި އެކޮމެޓީގެ ސަމާލުކަމަށް ގެންނަ ކަމަށެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އަދި ސަރުކާރު އެހެން ވުޒާރާތަކުގައި މިނިސްޓަރު ސިޔާސީ އެކި ފަރާތްތަކައި ޒިންމާ އަދި މަސްއޫލިއްޔަތު ހަވާލުކުރައްވާނީ އޮފީސް އިންޓާރނަލް މެމޯއިން، ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ކަމަށް ޒުހައިރު ވަނީ ވިދާޅުވެފައެވެ. ވަޒީފާއާއި ހަވާލުވީއްސުރެ މިއަދާއި ހަމައަށް އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިންގ ސްކޫލާއި ގުޅޭގޮތުން އެއްވެސް މެމޯއެއް މިނިސްޓަރު ސޮއިކޮށް ނެރެފައި ނެތް ކަމުގައި މި ސިޓީގައި ޒުހައިރު ވަނީ ވިދާޅުވެފައެވެ. އަދި ވަޒީފާއާއި ހަވާލުވިފަހުން މިއަދާއި ހަމައަށް މިނިސްޓަރުގެ ފަރާތްޕުޅުން އެއްވެސް ކަމަކާ ގުޅޭގޮތުން އެއްވެސް އީމޭއިލްއެއް، އަދި އެކި ކަންކަމާއި ފޮނުވި އެއްވެސް އީމެއިލްއެއްގެ ޖަވާބުވެސް ލިބިފައި ނެތްކަން ޒުހައިރުވަނީ ވިދާޅުވެފައެވެ.

“އެ ކޮމެޓީގެ ބައްދަލުވުމުގައި މިނިސްޓަރު ފާހަގަކުރެއްވީ 2020 ވަނަ އަހަރުގެ ފަހުކޮޅު އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގެ މައްސަލަ ރަސްމީ ސިފައެއްގައި އެކަމަނާގެ ސަމާލުކަމަށް ލިބުނުކަމަށް. ނަމަވެސް 2020 ވަނަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު މިނިސްޓަރަށް އަދި ސިވިލްއޭވިއޭޝަންގެ ޗީފް އެގްޒެކެޓިވް ޙުސެއިން ޖަލީލަށް ސީސީކޮށް، ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލް ޢަނީ އަށް އަޅުގަނޑު އިސްނެގުމުގެ މަތިން ވާނީ އީމެއިލް ގެ ޒަރިއްޔާއިން އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިންގ ސްކޫލްގެ މައްސަލަތަކާއި ގުޅޭގޮތުން ހުރި މައްސަލަތައް ދެނެގަނެ ކުދިންގެ ޝަކުވާތައް އަޑުއަހާ، ދަރިވަރުންގެ ފަރާތުނާއި ފްލައިން ސްކޫލުގެ ބަސް ހޯދާ ޑެޕިއުޓީ މިނިސްޓަރު ހަމަދުގެ ބެލުމުގެ ދަށުން ކޮމްޕްރިހެންސިވް ރިޕޯރޓެއް ތައްޔާރުކުރާށެވެ.” ޒުހައިރުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އަދި މިރިޕޯޓު ހެދުމުގައި މިނިސްޓަރީ އޮފް ހަޔަރ އެދިޔުކޭޝަން އަދި ސިވިލްއޭވިއޭޝަން ގެ އިސްވެރިންގެ ބަސް ހިމެނުމަށް ދަންނަވާފައި ވާނެކަމަށާއި، ހަމަ އެދުވަހު ޑެޕިއުޓީ މިނިސްޓަރު ހަމަދު އެ އީމެއިލްއަށް ޖަވާބުދެއްވައި، ދެފަރާތުގެ ދެމެދުގައި ދެއްކި ވާހަކަތަކަށް އެއްބަސްވެ އޭގެ އަނެއް ދުވަހުން ފެށިގެން މަސައްކަތް ފަށާނެ ކަމުގައި ދަންނަވާފައި ވާކަމުގައެވެ.

ޒުހައިރު ވަނީ މި ސިޓީއާއިއެކު މި އީމެއްލެގެ ކޮޕީއެއް ކޮމެޓީއަށް ހުށައެޅާފައެވެ. ޒުހައިރު ވިދާޅުވީ އޭނާ މިހާ ތަފްސީލުކޮށް ކޮމިޓީގެ މެމްބަރުންނަށް މިކަން ހިނގަދިޔަ ގޮތް ކިޔައިދޭން ޖެހުނީ ފްލައިންގ ސްކޫލްގެ މައްސަލައަކީ ވަރަށް ހައްސާސީ މައްސަލައަކަށް ވެފައި، މިކަމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމަކަށް ވާތީކަމަށެވެ. އަދި މިކަމަކީ ޒުހައިރު ނިސްބަތްވާ އައްޑޫ ސިޓީގެ ރައްޔިތުންނާއި ގުޅުން ބޮޑު މައްސަލައެއްކަމުގައި ވީހިނދު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އައިޝަތު ނަހުލާ ކޮމެޓީގައި ދެއްކެވި ވާހަކަފުޅުގެ ސަބަބުން ރައްޔިތުންގެ ނަފްރަތާއި ނުރުހުން އަމާޒުވާނޭ ކަމުގައި ދެކޭތީ ކަމުގައި ޒުހައި ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: