ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޯންޏެއް އަޑިއަށްގޮސް ކަނޑުވި ބަޔަކު ސަލާމަތް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރ. މީދޫއަށް ދަތުރު ކުރަމުންދިޔަ ދޯންޏެއް، އެ އަތޮޅު ފިލާދޫ ކައިރިން އަޑިއަށް ހިނގައްޖެއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 13:03 ހާއިރު ހިނގި މި ހާދިސާގައި ދޯނި ދަތުރު ކުރަމުންދިޔައީ މުދާތަކެއް އަރުވައިގެން ކަމަށާއި އެ ދޯނި އަޑިއަށް ގޮސްފައި ވަނީ ފިލާދޫ ކައިރިން ގިރިއަށް އަރައިގެން ކަމަށެވެ.

އެ ދޯނި ގިރިއަށް އަރައި އެ ދޯނީގެ ބޮޑުބައެއް އަޑިއަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ދޯނިން ދަތުރުކުރި ތިން މީހަކު ކަނޑުވެފައި ވަނިކޮށް އެ މީހުން ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: