ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުވާ މައްޗަށް ދައުވާ ކުރިޔަސް އަދުރޭ ނުސިހޭނެ: ޝިޔާމް

ރޯމާ ދުވާލު ދިވެހި މާލިއްޔާއިން ވައްކަން ކުރަނީ "ބަދަލު ދިނުން" ގެ ނަމުގައި: ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ދައުވާގެ މައްޗަށް ދައުވާ ކުރިޔަސް ނުސިހޭނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އަދުރޭގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރަން އޮތް ދުވަހު، އެ ސަރަހައްދުގައި ހަޑިހުތުރި ބަހުން ވާހަކަ ދައްކައިގެންނެވެ.

އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝިޔާމް ވިދާޅުވީ އަބްދުއްރަހީމް އަކީ ނުގުޑާފަދަ އަޒުމެއްގައި ހަރުދަނާ ސިޔާސަތުތަކެއްގެ މަތީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ސާބިތުކަމާއި އެކު ހުންނެވި ވަރުގަދަ ލީޑަރެއް ކަމަށެވެ.

“ދައުވާގެ މައްޗަށް ދައުވާ ކުރިއަސް [އަބްދުއްރަހީމް] ނުސިހޭނެ. އިންޝާﷲ.” ޝިޔާމް ވިދާޅުވިއެވެ.

ރޭ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އަބްދުއްރަހީމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން މިމަހުގެ 31 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި އަބްދުއްރަހީމާއި ދެކޮޅަށް ދައުވާ ކޮށްފައިވަނީ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ހަޑިހުތުރު ބަހުން ވާހަކަ ދެއްކި މައްސަލައިގައި އަދުރޭގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވެސް ފުލުހުން ތަހުގީގުކުރާ މައްސަލައަކަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހު އެ ތަނުގެ ބޭރުގައި ހުންނަވާ އަބްދުއްރަހީމް ހަޑިއެއްޗެހިކީ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އެކަމަކު މިހާތަނަށް އެ މައްސަލައާ ގުޅިގެން ދައުވާކޮށްފައެއް ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: