ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އޮފީހުގެ ތަރުޖަމާނަކަށް މަބްރޫކް!

މަބްރޫކް ޢަޒީޒު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަންގެ މަގާމަށް މުހައްމަދު މަބްރޫކް އަޒީޒް ހަމަޖައްސަވައިފި އެވެ.

އެމަގާމުގައި ކުރިން ހުރި އިބްރާހިމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލުހް ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ރައީސް އޮފީހުގެ ސްޕޯކްސްޕާސަންގެ މަގާމަށް މަބްރޫކް ހަމަޖައްސަވާފައިވާ ކަމަށެވެ.

އަދި ހޫދު ރައީސް އޮފީހުގެ ޗީފް ކޮމްސް ސްޓްރެޓެޖިސްޓްގެ މަގާމަށް ހަމަޖައްސާފައިވާ ކަމަސްވެސް އޭނާ ވިދާޅުވެފައިވެއެވެ.

މިބަދަލާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ޚަބަރާއި މަޢުލޫމާތު ހޯދުމަށް ގުޅުއްވަންޖެހޭ ފަރާތަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕާސަންގެ ދައުރު ކުރިން ފުރުއްވަމުން ގެންދެވި އިބްރާހީމް ހޫދުގެ ބަދަލުގައި މުޙައްމަދު މަބްރޫކް ޢަޒީޒް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މަބްރޫކް ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމުގައެވެ.

ވަރަށް ގަދަ
86%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: