ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަންގެ މައްސަލަތައް ބަލަނީ އެއްވެސް މީހެއްގެ މޫނަށް ބެލުމެއް ނެތި: ރައީސް

ޒީރޯ ޓޮލަރެންސް ކެމްޕޭން އިފްތިތާހުކުރުމަށް 2019 ވަނަ އަހަރު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގައި އެއްވެސް މީހެއްގެ މެދުގައި ތަފާތު ކުރުމެއް ނުގެންގުޅޭކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ ދެ އަހަރުގެ ތެރޭގައި ސަރުކާރުގެ މުވައްސަސާތަކާއި، އަދި މިނިސްޓްރީތަކުގެެ ތެރޭގައި ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވެއެވެ. އެ މައްސަލަތަކުގެ ތެރޭގައި އެންމެ ބޮޑު ދެ ބަސްވުމަކާއި ހަމައަށް ދަނީ ކޯލިޝަންގެ ތެރޭގައެވެ. ސަރުކާރުގެ ކޯލިޝަންގެ ތެރޭގައި ހިމެނޭ އެހެން ޕާޓީތަކުގެ ވަޒީރުންނާއި، އަދި ކުންފުނިތަކުގެ ވެރިންނަށް އެކި ގޮތްގޮތުން ތުހުމަތުތަކެއް ކުރެވިފައި ވެއެވެ.

އިންޑިއާގެ “ދަ ހިންދޫ” އަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުގެ ކޯލިޝަން އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ. އަދި ނިމިދިޔަ ދެ އަހަރުގެ ތެރޭގައި ދެ ބަސްވެވޭ ބައެއް ކަންކަން ދިމާވީ ނަމަވެސް އެ ކަންކަމާއި ކޯލިޝަނުން ކުރިމަތިލާ އެއް އެއްބަސްވުމަކަށް އާދެވުނު ކަމަށެވެ.

ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމާއި އެކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރާއި ގުޅޭގޮތުން ދެއްކެވި ވާހަކައަކާއި ގުޅުވާ ކުރި ސުވާލަށް ރައީސް ސޯލިހު ވިދާޅުވެފައިވަނީ ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތަކީ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުން ކަމަށެވެ. އަދި ސަރުކާރުގެ މުވައްސަސާތައް މިނިވަންކަމާއި އެކު އެފަދަ މައްސަލަތައް ބަލާ ފިޔަވަޅު އެޅުމާއި އެކު ސަރުކާރު ޒިންމާދާރު ކުރުމަ އިސްކަންދޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ތަހުގީގު ކުރުމުގައި ފަސް ނުޖެހޭނެ ކަމަށެވެ. އަދި އެއީ ސަރުކާރުގެ ކިތަންމެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވިޔަސް، މޫނަކަށް ބެލުމެއް ނެތި އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅާނެކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ މީހުންގެ މައްސަލަތައް ވެސް ބަލާފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަ ބަލާ ނިމެންދެން މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރުން ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 43%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 43%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: