ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

149 ކިލޯ ޑްރަގްގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފަޅުރަށެއް ކަމަށްވާ ގދ. ހުޅުވާރުލުން 2019 ވަނަ އަހަރު އަތުލައިގަތް 149 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާކޮށްފައިވާ ފަސް މީހުންގެ މައްސަލަ ގދ. ގައްދޫ ކޯޓުން ބޭރުކޮށްލައިފި އެވެ.

މި މައްސަލަ ގައްދޫ ކޯޓުން ބޭރުކޮށްލާފައިވަނީ ދައުވާކުރުމަށް ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުން ދައުވާ ކޮށްފައިވާކަމަށް ބުނެ އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވާ ފަސް މީހުންނަކީ، ގއ. ކޮނޑޭ، ގަހާކޯޅި އަހުމަދު އަނީލް (34)، ގދ. ގައްދޫ، އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ، ރޮމޭންސް ޝަފީޒް މުހައްމަދު (35)، ގއ. ނިލަންދޫ، ދިހްޝާންވިލާ އަލީ ޝާކިރު (30) އަދި ގދ. ގައްދޫ، އެދުރުގެ ޔާމިހް ހާލިދު (23) އެވެ. މި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައިވާއިރު ފަސްވަނަ މީހާގެ މައްޗަށް ކޮށްފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

މި ތަކެތި ފުލުހުން 2019 ވަނަ އަހަރު އަތުލައިގެންފައި ވަނީ އެ ރަށުގައި ވަޅުލާފައި ހުއްޓަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: