ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މިނިވަންކުރަން ކުރަމުންދާ މަސައްކަތް ފަނޑުކޮށް ޕީޕީއެމް ބައިބައި ނުކުރެވޭނެ: އާދަމް ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ކުރަމުންދާ މަސައްކަތް ފަނޑުކޮށް ޕީޕީއެމް ބައިބައި ނުކުރެވޭނެ ކަމަަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕު އޮތީ ބައިބައިވެފައި ކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިރުކޮށްފައިވާ ޚަބަރަކަށް އިޝާރާތްކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.

އެ ޚަބަރުގައި ޕީޕީއެމްގެ ލީޑާޝިޕަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިތުބާރުނުކުރައްވާ ކަމަށް ބުނެފައިވެއެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ކޮންސްޕިރަސީ ތިއަރީ އުފައްދައިގެން ނުވަތަ ޚަބަރު ފަތުރާ ބައެއް އައުޓްލެޓުތައް ބޭނުންކޮށްގެން، އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން މިނިވަންކުރުމަށް ކުރަމުންދާ މަސައްކަތްތައް ފަނޑުކޮށް ޕީޕީއެމް ބައިބައިނުކުރެވޭނެ ކަމުގައެވެ.

އަދި އެގޮތަށް ކުރާ މަސައްކަތެއްގެ ސަބަބުން އިދިކޮޅު ކޯލިޝަނުގެ ލީޑާޝިޕުގެ ހިތްވަރު އެލުވައިނުލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭގެއިތުރުން ރައީސް ޔާމީނަށް އަނިޔާވެރިވެ ޕާޓީ ބައިބައިކުރަން އުޅޭ ބަޔަކަށް ޕީޕީއެމަށް ތާއީދުކުރާ މީހުން މަޢާފުނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީޕީއެމްގެ ލީޑާޝިޕަށް ރައީސް ޔާމީން އިތުބާރުނުކުރައްވާ ކަމަށް ބުނާ ވާހަކަތައް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް މިއަދު ވަނީ ދޮގުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: