ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ އެކްޝަން ޕްލޭން ތަންފީޒުކުރުން އަވަސް ކުރަންޖެހޭ: ރައީސް

ސަރުކަރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އެކްޝަން ޕްލޭން ތަންފީޒުކުރުން އަވަސްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ނޫހަކަށް ރައީސް ދެއްވި ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ވަރަށް ކުރީއްސުރެ ފެށިގެންވެސް އޮތީ ފަތުރުވެރިކަމަށް ބަރޯސާވެފައި ކަމަށެވެ. އެހެންނަމަވެސް، ކޮވިޑްގެ ޕެންޑަމިކާއެކު ބޯޑަރުތައް ބަންދުކުރުމާއެކު އެކަމުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމަށް އަދި ޚާއްސަކޮށް ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ކުރިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ބޯޑަރު އަލުން ހުޅުވާލައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ރިޒޯޓްތަކާއި ގެސްޓްހައުސްތައް ހުޅުވާލައި ފަތުރުވެރިން އަންނަމުންދާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. ރާއްޖޭގެ ސިއްހީ ވުޒާރާއާއި ފަތުރުވެރިކަމުގެ ވުޒާރާ ގުޅިގެން އެކުލަވާލާފައިވާ ގައިޑްލައިންތަކާއެކު ފަތުރުވެރިކަމުގެ ސިނާއަތް ހުޅުވާލެވި، ރާއްޖޭގެ އިގްތިސާދުވެސް ކުރިއަރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހުސްވި އަހަރު، ރާއްޖެއަށް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ލިބިފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ޕެންޑެމިކާއެކު ވަކި ސިނާއަތަކަށް އެކަނި ބަރޯސާވެފައި އޮތުމުން ކުރިމަތިވާނެ މައްސަލަތަކާއި ގޮންޖެހުންތައް ހާމަވެގެން ހިނގައްޖެކަމަށެވެ. އަދި އިގްތިސާދު ސިންދަފާތު ކުރުމަށް ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ކުރުމަށް ނިންމާފައިވާ ކަންކަން ކުރުން އަވަސްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަންވެސް ފާހަގަކުރައްވާފައިވެއެވެ. އަދި ބައެއް އުސޫލުތަކަށް ބަދަލު ގެނެސް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ ތަރައްގީކޮށް، އެދާއިރާތަކަށް އިންވެސްޓްކުރާ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް ބައިނަލްއަގްވާމީ ޖަމިއްޔާއެއްކަމަށްވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެން ސަރުކާރިގެ އިގްތިސާދީ ސިޔާސަތު “ނޫ ރާއްޖެ” ތަންފީޒުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި ނޫ ރާއްޖެ އިގްތިސާދީ ސިޔާސަތުގެ ދަށުން ދެމެހެއްޓެނިވި ތަރައްގީއާއެކު ތިމާވެއްށްޓަށް ކުރާ އަސަރު މަދުކުރުމަށްވެސް މަސައްކަތް ކުރެވޭނެކަން ފާހަގަކޮށްފައިވެއެވެ.

ރައީސް ދެއްވި ބަސްދީގަތުމުގައި، އިގްތިސާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ ގައުމުތަކާއި ގުޅުންތަކުގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި ފޮރިން ކަރަންސީ ރިޒާވްގެ ޙާލަތު ރަނގަޅުކުރުމަށާއި ރާއްޖޭގެ ދަރަނިތައް ލުއިކުރުމަށްވެސް ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަން ވަރަށް މުހިންމުކަމަށް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން، ރާއްޖެ ފަދަ ގައުމުތަކަށް ކޮވިޑާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް ދަރަނި މައާފްކޮށްދީ، އިގްތިސާދީ ހާލަތު މިއަށްވުރެ ރަނގަޅު ހާލަތަކަށް ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ވަނީ ގޮވާލާފައެވެ. އަދި މިހާރުވެސް ރާއްޖެއަށް އިންޑިޔާ ފަދަ ގައުމުތަކުން ބަޖެޓް ސަޕޯޓާއި އެހެނިހެން ގޮތްގޮތުން ވެދެމުންދާ އެހީތެރިކަން ފާހަގަކޮށް، އެގައުމުތަކަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމާއި ގުޅޭ ގޮތުން ސުވާލުކުރުމުން، ރައީސް ވަނީ އިގްތިސާދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިޔާއިން އަދާކުރަމުންދާ ދައުރު ފާހަގަކުރައްވާފައެވެ. އަދި ދެގައުމުގެ ދޭދޭ ގުޅުން އިހުނަށްވުރެ ވަރުގަދަވެފައިވާކަން ފާހަގަކުރައްވައި، އިންޑިޔާގެ އިތުރަށް އެހެން ގައުމުތަކާއި މެދު އޮތް ގުޅުންތައްވެސް އިހުނަށްވުރެ ވަރުގަދަ ވެފައިވާކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: