ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަނަށް ޒީރޯ ޓޮލެރެންސްއަކީ ބޮޑެތި ހިޔާނާތްތެރިނާއިއެކު ސިޔާސީ މޭޒުގައި މަޝްވަރާ ކުރެއްވުންތޯ: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށްޓަކައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްއާއިއެކު ބޭއްވި ބައްދަލުވުމުގައި ކޮރަޕްޝަންގެ ޒީރޯ ޓޮލަރެންސް ނުފެނުނު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުއާއި ގާސިމް އިބުރާހިމްގެ ނުރަސްމީ މަޝްވަރާތައް ކުރިޔަށް ގެންދަވާފައިވަނީ ރޭގެ ވަގުތެއްގައި މާމިގިލީ ކައިރީގައި އޮންނަ ގާސިމް އިބުރާހިމްގެ ސަން އައިލެންޑް ރިސޯޓުގައެވެ. އަދި މި މަޝްވަރާތަކުގައި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންގެ އިތުރުން ބައެއް މަޖިލިސް މެމްބަރުންނާއި، ޖުމުހޫރީ ޕާޓީގެ އިސްބައެއް އޮފިޝަލުންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މީގެ އިތުރުން މިބައްދަލުވުމުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ތުހުމަތުކުރެވިފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިކަމާއި ގުޅިގެން ވައްޑެ ވަނީ ޓްވީޓެއް ކުރައްވާ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދިނުމަކީ މިއީތޯ ސުވާލުއުފައްދަވާފައެވެ.

ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ކުރެއްވި އަޙްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ދައުލަތުން ވަނީ 6 ދައުވާއެއް އުފުލާފައެވެ. ނިހާންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ކުށުގެ 3 ދައުވާއަކާއި ރިޝްވަތު ލިބި ގަތުމަށް އެދުމުގެ ކުށުގެ 2 ދަޢުވާއަކާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާއެކެވެ.

ވައްޑެގެ އިތުރުން އެހެން ބޭފުޅުންވެސް ދަނީ ނިހާން މިބައްދަލުވުމުގައި ބައިވެރިވުމުން ބޮޑެތި ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ. ނިހާންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯމް މޭޖަރ ޖެނެރަލް ޝަމާލްވެސް ދަނީ ރައީސްގެ މިދަތުރުގައި ބައިވެރިވަމުންނެވެ. ޝަމާލަށްވެސް ވަނީ ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައެވެ. ރާއްޖޭގެ ސަލާމީ ކަންކަން ބަލަހައްޓާ އެންމެ މަތީ މުއައްސަސާގެ ވެރިޔަކަށް ހުންނަވައި ސިޔާސީ މިފަދަ މަޝްވަރާތަކުގައި ބައިވެރިވުމަކީ މުވައްސަސާއަށް ލިބިގެންދާ ބޮޑު ހުތުރެއް ކަމުގައި ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިޜާގެ މެންބަރު އަހްމަދު ޝިޔާމްވެސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: