ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގުންގެ ގޮތުގައި ޖާގަ ހޯދާ މީހުން ގިނަ ވާނީ މި ސަރުކާރުގައި: ރައީސް ޔާމީން

އިދިކޮޅުން ޕާޓީ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަގުންގެ ތެރޭގައިވެސް ދެ ވައްތަރެއްގެ ވަގުން ހިމެނޭކަމަށާއި އެއީ “ތުހުމަތު ވަގުން” އަދި “ސާބިތު ވަގުން” ކަމަށާއި ތުހުމަތު ވަގުންގެ ތެރެއިން ޖާގަ ހޯއްދަވާ ބޭފުޅުންގެ އަދަދު ގިނަވާނީ މި ސަރުކާރުގެ ތެރެއިންކަމުގައި އިދިކޮޅުގެ ލީޑާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުގައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް އޮފީސްގައި “މަވެސް ޕީޕީއެމް” ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސާބިތު ވަގުންނަވާނީ މި ސަރުކާރުން މައްސަލަ ބަލަން ކެރި ޕްރޮސެކިއުޓާ ޖެނެރަލްއަށާއި ފުލުހަށް އެ މަސައްލަ ބަލަން ކެރުނީމައިކަމަށެވެ.

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އަމާޒު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ދިވެހި ރާއްޖޭގެ އިގްތިސާދާއި ދިވެހި ރާއްޖޭގެ ސިޔާސީ ކަންކަމަށް އަންނަ ދިވެހި ރާއްޖޭގެ ވެއްޓަށް އަންނަ ބަދަލުތަކާއި މި ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަން އޮތްވަރު ފޮރުވަން އުޅުމުގެ ސަބަބެއް ނެތްކަމަށެވެ. އަދި ވިދާޅުވީ ރައީސް ސާލިހުގެ ހިޔާލުފުޅަށް މިއީ ދެން ދިވެހި ރައްޔިތުން ނުދައްކާނެ ވާހަކައެއްކަމުގައި އަންނަނީކަމަށެވެ. މިފަދައިން ރައީސް ޔާމީން ވާހަކަ ދައްކަވާފައި މި ވަނީ ނުވަ މަސް ދުވަސް ފަހުން ރައީސުލްޖުމްހުރިއްޔާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފާޑުވިދާޅުވެ އެވެ.

ބޮޑެތި ފާޑުކިޔުތަކެއް ރައީސް އަމާޒުވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރާ ސުވާލަށް ރައީސް ޖަވާބު ނުދެއްވާކަން ފާހަގަކޮށް ރައީސް ޔާމީން ވެސް ފާޑުކިއުން އަމާޒުކުރެއްވިއެވެ. ރައީސްގެ ޖަވާބަށް ފަހު ނޫސްވެރިޔާ އެއީ ކަން އޮތްގޮތެއް ނޫނޭ ބުނެފިނަމަ ޖަވާބު ނުދެއްވާކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންނަށް ރަނގަޅު ގޮތާއި ކަމުގެ ހަގީގަތް ރައްޔިތުންނަށް ކިޔާދޭނެ މީހުން އަންނާނެކަމަށާއި އަމިއްލަފުޅަށް ކިޔާނެ ޖެހިވަޑައިގަންނަވާކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. އަދި “ފްރީޑޮމް އޮފް އެކްސްޕްރެޝަން” އޭ ބުނެ މިފަދަ ވާހަކަތަކެއް ދައްކަވާ އައްސަވަނީ ރާއްޖޭގައި ނެތީ ކޯއްޗެއްތޯކަމަށް ވިދާޅުވެ ރައީސް ޔާމީން ސުވާލު އުފައްދެވީ ރާއްޖޭގައި އޮތީ ކޯއްޗެއްކަމާއިމެދުގައެވެ.

މިއީ މިހާރު ޕޮލިސް ސްޓޭތެއްކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ދިވެހި ރާއްޖެ ހިންގަނީ ފުލުހުންކަމަށެވެ. އެއީ ގާނޫނާއި ހިލާފަށް އިދިކޮޅުގެ ހުރިހާ އަޑުތަކެއް ކަނޑުވާލާ ބަޔަކީ ފުލުހުންކަމަށްވީތީކަމަށް ރައީސް ޔާމީން ވިދާޅުވިއެެވެ.

ރައީސް ޔާމީންގެ ވާހަކައިގައި ދެން އަލިއަޅުއްވާލެއްވީ އިދިކޮޅުގެ އިހްތިޖާޖްތަށް ހުއްޓުވުމަށްޓަކައި ފުލުހުން ކުރައްވާ މަސައްކަތްތަކަށެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ އެބޭފުޅުން މުޒާހަރާ ނުކުރައްވަންކަމަށް ވިދާޅުވެ މިކަމުގެ ސަބަބެއްކަމުގައި ދެއްކެވީ ގައިރު ގާނޫނީ އަމުރުތައް ހިފައިގެން ފުލުހުން ގާނޫނު ތަންފީޒް ކުރަން އައުމެވެ.

މިކަން އެ އިޝާރާތްކުރެއްވީ އިދިކޮޅުން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތް ހުއްޓުވުމަށްޓަކައި އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ކަނޑައަޅުއްވާ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ނެރުއްވި ގަރާރަށެވެ. ގަރާރާއިއެކު ފުލުހުން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށްފައެެވެ. އިދިކޮޅުން މިކަންތައް ސިފަކުރީ ރައީސްއަށް ލިބިދީފައި ނުވާ ބާރަކުން ދިވެހި ރާއްޖޭގެ ގާނޫނިުގައި ބުނެފައިވާ ގަވާއިދާއި ހިލާފަށް ނެރެވިގެންދިޔަ ގަރާރެއްގެ ގޮތުގައެވެ. އަދި ގަރާރު އޮތީ ބޭގަރާރުވެފައި އޮތް މަޒުމޫނެއްގެ ސިފައިގައިކަމަށް ބުނެވެސް އިދިކޮޅުން މިކަމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރިއެވެ.

ގަރާރާއި ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސާލިހާއި ސުޥާލު ކުރެއްވުމުން ވިދާޅުވީ އެއީ ލިބިދީފައިވާ ބާރަކުން ނެރުއްވި ބާރެއްކަމަށާއި ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެ ގަރާރު ނެރުއްވޭނެކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ވެރިއަކަށް ހުންނަވާ ބޭފުޅާއަށް ބާރުތަކެއް ލިބީދީފައިވާކަމަށާއި ނަމަވެސް އެ ގާނޫނުން ނުދޭ ބާރުދީފައި އޮންނަނީ ރައްޔިތުންގެ މަޖިލީހުންކަމަށެވެ. ގާނޫނު ހަދާނީ ރައްޔިތުންގެ މަޖިލީހުންކަމުގައިި ރައީސް ޔާމީން ވިދާޅުވިއެވެ.

115 މާއްދާ އެއް ފުށުން އަނެއް ފުށަށް ޖަހާ ނޫނީ ލެޓިނަށް ބަަދަލުކޮށްގެން ބެލި ނަމަވެސް ގާނޫނު ހެދުމުގެ ބާރު ރައީސްއަށް ލިބިދީފައިވާތައް ނުފެންނާނެކަމުގައި ފާހަގަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެ މާއްދާގައި އޮންނާނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރާއިރު ބައެއް ގާނޫނުތައް ސަސްޕެންޑް ކުރުމުގެ ބާރުލިބިދީފައިވާކަމުގެ ވާހަކަކަމަށާއި ނަމަވެސް އަސާސީ ހައްގުތަކާއި ބެހޭ ގާނޫނުތައް ބަދަލު ނުކުރެވޭނެކަމަށެވެ. އަދި ވަކި މުއްދަތަކަށް ބައެއް ގާނޫނުތައް ތަންފީޒް ކުރެވުނުކަމުގައިވީ ނަމަވެސް އެއަށް ނުރުހުން ހޯދުމަށްޓަަކައި މަޖިލީހަށް 48 ގަޑިއިރުގެ ތެރޭގައި ހުށައަޅާންޖެހޭނެކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ޔާމީން ސުވާލު އުފެއްދެވީ ރައީސުލް ޖުމްހުރިއްޔާއަށް ގާނޫނު ހެދުމުގެ ބާރު ލިބެނީ ކޮންތާކުންކަމާއިމެދުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: