ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރައިވަރު ޤާސިމް މަރާލި މައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހު

ގާސިމް މަރާލި ކަމަށް އިއުތިރާފްވެފައިވާ އަދުހަމް ކުރިމިނަލް ކޯޓަށް ވައްދަނީ - ފޮޓޯ : މުއާވިޔަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސީ ޑްރައިވަރު ޤާސިމް އިބްރާހިމް އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އަދުހަމް މުހައްމަދުގެ ޝަރީއަތުގެ މަޖިލީހެއް އާދީއްތަ ދުވަހަށް ތާވަލު ކޮށްފި އެވެ.

އަދުހަމްގެ ޝަރީއަތް ތާވަލުކޮށްފައިވަނީ އެދުވަހު ހެނދުނު 09:00 އަށެވެ. ޑްރައިވަރު ޤާސިމް މަރާލި މައްސަލައިގައި އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ތާވަލު ކުރީ ނޮވެމްބަރު 25 ދުވަހު އެވެ. އެހެން ނަމަވެސް އެ ދުވަހުގެ އަޑުއެހުން ކެންސަން ކުރީ އެވެ. އެންމެ ފަހުން މި މައްސަލައިގައި އަޑުއެހުމެއް ބާއްވާފައިވަނީ އޮކްޓޫބަރު 11 ވަނަ ދުވަހު އެވެ.

އެ އަޑުއެހުމުގައި އަދުހަމް ބުނެފައިވަނީ ވަކީލަކާ ނުލާ ކުރިއަށް ދެވޭނެ ކަމަށާއި, އޭނާއަށް އަމިއްލައަށް ދިފާއުވެވޭނެ ކަމަށެވެ. އަދި ގާޒީ އާއި ޕީޖީގެ ވަކީލުންގެ ވާހަކަތަކަށްފަހުއަދުހަމް ބުނެފައިވަނީ މައްސަލައާ ގުޅިގެން ވަކީލަކާ މަޝްވަރާ ކުރުމުގެ އެކަށީގެންވާ ފުރުސަތު ލިބިއްޖެނަމަ, ވަކީލަކާއި އެކު ކުރިއަށްދިއުމަށް ބޭނުންވާކަމަށެވެ. އަދި ގާޒީ ވަނީ އެ ފުރުސަތު ދިނުމަށް ނިންމަވާފަ އެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ ޤާސިމް މަރާލި ކަމަށް އިއުތިރާފްވެފަ އެވެ. އެހެން ނަމަވެސް މައްސަލައިގައި އަވަސްނިޔާގެ ދަށުން ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ އިއުތިރާފް އަނބުރާ ގެނެސްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: