ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުމެއް އާދީއްތު ދުވަހު!

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގެ އިސް ދެ މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފަޅުތެރޭގައި އޮތް ކަންނެލިން ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހުންގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މިއޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވާ ހަތް މީހުންގެ ތެރޭގައި ހިމެނޭ ހަ މީހުންނަކީ 25 އަހަރާއި 48 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ދެން ހިމެނެނީ 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ.

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، ކަނޑުމަތީގައި ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލާ ފާސް ކުރިއެވެ. އަދި އެ މައްސަލައިގައި ފުލުހުން ވަނީ ކޯޓު އަމުރުގެ ދަށުން ބައެއް ގެތަށް ބަލާ ފާސްކޮށްފައެވެ.

ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު 130 ކިލޯއަށް އަރައެވެ. ފުލުހުން ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމް ފިޓަމިން އާއި ހެރޮއިން އެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް ހުރީ، ގއ. ވިލިނގިލި، ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ (48އ) ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަަލައިގައި ޝަހީބްގެ މައްޗަށް އުފުލީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އިތުރުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އެވެ. އަދި މޫސަގެ މައްޗަށް ވެސް ކުރަނީ މި ތިން ދައުވާ އެކެވެ.

ގއ. ވިލިނގިލި ޝަހީބް އިބްރާހިމް އޭނާ އަކީ ޕީއެންސީގެ ކައުންސިލް މެމްބަރެކެވެ. މަސްތުވާތަކެތީގެ މައްސަލައިގައި ކޯޓަށް ހާޒިރު ކުރުމުން ޝަހީބު ދޫކޮށްލިއެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ދައުލަތުން މައްސަލަ އިސްތިއުނާފު ކުރުމުންނެވެ. ޝަހީބް ދޫކޮށްލާފައިވަނީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު ދިނުމަށްފަހު، ތަޙްޤީޤަށް އިތުރަށް ލިބިފައިވާ ހެއްކާއެކު ކޯޓަށް ހުށަހެޅުުމުން ކަމަށް ފުލުހުން ބުނެއެވެ. ޝަހީބު ހިމެނެނީ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 100 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައެވެ.

ފަހަކަށް އައިސް ފުލުހުން އަންނަނީ މަސްތުވާތަކެތީގެ ބޮޑެތި ނެޓުވޯކުތައް އަތުލައިގަންނަމުންނެވެ. ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ދޯނީގެ މައްސަލައިގައި ހަތް މީހަކު ހައްޔަރު ކުރިއެވެ. އަދި މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް އުޅުނު މީހުންގެ ވަނަވަރުތައް ފުލުހުން އާއްމު ކުރިއެވެ. ޝަހީބުގެ މައްޗަށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް، އެކަމުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރުމުގެ ތުހުމަތު ފުލުހުން ކުރެއެވެ.

މިއީ ބޭރުގެ ނެޓުވޯކަކާއި ގުޅިގެން ދިވެހިންގެ ބަޔަކު ކުރަމުން ދިޔަ ވިޔަފާރިއެއްކަމަށް ފުލުހުން ބުނެއެވެ. އަތުލައިގެންފައިވަނީ މެޓައެމްފިޓަމިން އާއި ހެރޮއިންނެވެ. އަދި މަސްތުވާތަކެތި ފެނުނު މަސް ދޯންޏަކީ އެއީ ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ އުފުލަން ބޭނުން ކުރި ދޯނިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: