ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ މަރު: ކުރިއެރުމެއް ނުލިބި އަހަރެއް، މައްސަލައިގެ އަޑުއެހުމެއް މާދަމާ!

ފޭރެން އުޅުމުގެ ތެރޭގައި ރަހުމް ކުޑަކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ގާސިމްގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

2019 ވަނަ އަހަރުގެ ތެރޭގައި ހިނގައިދިޔަ އެންމެ އަނިޔާވެރި އެއް މަރުގެ މައްސަލައަށް އަހަރު ވެގެން ދިޔައިރު ވެސް މައްސަލައިގައި މާބޮޑު ކުރިއެރުމެއް ލިބިފައި ނުވެއެވެ. އަދި މާގިނަ ޝަރީއަތްތަކެއް ވެސް ތާވަލުކޮށް ކުރިޔަށް ނުގެންދެވެއެވެ. ޒަހަމްތަކާއި އެކު، މަގުމައްޗަށް ވެއްޓިފައިއޮއްވާ ގާސިމް ފެނިފައިވަނީ ހުޅުމާލޭގެ، ވެހިކަލްތަކާއި މީހުން މަދު އަނދިރި ސަރަހައްދެއް ކަމަށްވާ ރީތި ގަސް މަގުގެ ސަރަހައްދަކުންނެވެ.

ގާސިމްގެ ކަރަށް ވަޅިން ހަމަލާދީ އޭނާ، މަރާލި މައްސަލާގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމްގެ މަައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މައްސަލައިގައި ތަހުގީގު ކުރިޔަށް ދިޔައިރު، ފުލުހުންނަށް އަދުހަމް ވަނީ، ގާސިމް މަރާލި ގޮތާއި، އެ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ކިޔައިދީ ކުށަށް އިއުތިރާފުވެފައެވެ. އަދި ފުލުހުން ވަނީ، ނޫސްވެރިންގެ ބައްދަލުވެއް ބާއްވާ، އަދުހަމް ފުލުހުނަށް ކިޔައިދިން ވާހަކަތައް މީޑިއާތަކާއި ހިއްސާކޮށް، މައްސަލަ ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް ބުނެފައެވެ.

ގާސިމްއަށް ހަމަލާ ދިނުމަށް އަދުހަމް ބޭނުންކުރި ވަޅި އާއި އޭނާ ލައިގެން ހުރި އަންނައުނު ވެސް ފުލުހުން ވަނީ ތަހުގީގަށް ހޯދާފައެވެ.

އަދުހަމްގެ މައްޗަށް ކުރާ ދައުވާގެ އެންމެ ފުރަތަމަ އަޑުއެހުމުގައި އޭނާ ކުށަށް އިއުތިރާފު ވީ ނޫސްވެރިންގެ ހާޒިރުގައެވެ. އަދި ގާސިމްގެ އާއިލާގެ މެމްބަރުން ވެސް ހަޒިރުވެ ތިބި އެ އަޑުއެހުމުގައި އޭނާ ވަނީ ގާސިމްގެ އާއިލާގެ ކިބައިން މާފަށް އެދި، އޭނާ ތައުބާ ވަން ބޭނުންވާ ކަމަށް ބުނެފައެވެ. އެއަށްފަހު ޝަރީއަތުން ދެން ތާވަލު ކުރީ އަވަސް ނިއާއެއްގެ ދަށުން އޭގެ ޖެހިގެން އައި ހަފްތާއަށް ހުކުމް އިއްވުމުގެ އަޑުއެހުމެވެ.

އެކަމަކު އެ އަޑުއެހުމުގައި އަދުހަމް ވަނީ، ދައުވާއަށް އިންކާރުކޮށް ގާސިމްގެ މަރުގެ މައްސަލައަކީ އޭނާ ދެނެހުރި ކަމެއްވެސް ނޫން ކަމަށް ބުނެފައެވެ. އަދި ޖަލުގައި ފުލުހުން އޭނާއަށް އަނިޔާކޮށް ބިރު ދައްކާ ކަމަށާއި، ބަޔާން ނަގާ ވަގުތުތަކުގައި އާއި، ކޯޓަށް ހާޒިރުކުރާ ވަގުތުތަކުގައި އޭނާ ބަހައްޓަނީ މަސްތުގެ ހާލަތުގައި ކަމަށް ބުންޏެވެ. ގާސިމް މަރާލިކަމަށް އިންކާރުކޮށް ބުނެފައިވަނީ އާނޭ ގަސްތުގައި މީހަކު މަރާލާފައި ނުވާނެ ކަމަށެވެ

އަދުހަމް ކުށަށް އިންކާރު ކުރުމުން، އޭނާ ވީ ކުށުގެ އިއުތިރާފުގެ އެއްބަސްވުން އުވާލާ، ޝަރީއަތުން ނިންމީ ޖިނާއީ އެހެން މައްސަލަތަކުގައި ވެސް ޝަރީއަތްތައް ކުރިޔަށް ގެންދާގޮތަށް އެ މައްސަލަ ކުރިޔަށް ގެންދިއުމަށެވެ.

މައްސަލައިގައި މިދިޔަ ޑިސެމްބަރު މަހުގެ 24 ގައި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފް ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމްސް ހަސަން ޝިފާއު ވިދާޅުވީ އެއީ ފޭރެން އުޅުމުގެ ތެރެއިން ހިންގި ގަތުލެއް ކަމަށެވެ. އަދި އޭނާ ވަނީ ގާސިމް މަރާލި ގޮތް، ތަހުގީގަށާއި ކޯޓުގައި ވެސް ކިޔާދީފައެވެ.

އަދުހަމް ގާސިމްއަށް ހަމަލާ ދީފައިވަނީ ފޭރުމުގެ ނިޔަތުގައި ކަމަށް އޭނާ ވަނީ ތަހުގީގަށް ކިޔާދީފައެވެ. އަދި އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމަށާއި، ދިރިއުޅުމުގެ އެހެން ޒަރޫރީ ބޭނުންތަކަށް ވައްކަންކޮށްގެން ނުވަތަ މަގުމަތިން ދާ ބައެއްގެ އަތުން ފޭރިގެން އުޅުނު މީހެއްކަމަށް ފުލުހުން ކިޔާދީފައިވެއެވެ. އަދި އެކަން އޭނާ ޝަރީއަތުގައި ވެސް ކިޔާދިނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: