ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

15 ދުވަސްތެރޭ 40،000 އަށްވުރެއް ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ފުރަތަމަ 15 ދުވަސްތެރޭ ރާއްޖެއަށް 40،000 އަށްވުރެއް ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން 15 ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 43،481 ފަތުރުވެރިން އައިސްފައެވެ. ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ދުވާލެއްގެ މައްޗަށް ރާއްޖެއަށް އެވްރެޖްކޮށް 2،899 ފަތުރުވެރިން އާދެއެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. އެ ޤަައުމުން 10،002 ފަތުރުވެރިން އައިސްފައިވެ އެވެ.

ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިންޑިއާއިން އައިސްފައިވަނީ 5.727 ފަތުރުވެރިންނެވެ. އަދި ޔޫކޭއިން 3،472 ފަތުރުވެރިން ރާއްޖެއަށް މި މުއްދަތުގައި އައިސްފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: