ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ގެނެސްފައިވަނީ ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ވެކްސިނެއް ނޫން: އިދިކޮޅު

އިދިކޮޅު ލީޑަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާއިން ރާއްޖެ ގެނެސްފައިވާ ކޮވިޑް-19 ގެ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ގަބޫލުކުރާ ވެކްސިނެއް ނޫން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.

އިންޑިއާ އިން މިއަދު ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ ގެނެސްފައިވާއިރު، މިއަދު ރާއްޖެ ގެނެސްފައިވަނީ އޮކްސްފޯރޑް އަދި އެސްޓްރަޒެނެކާއިން ލައިސެންސްދީގެން، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ހަދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

އެޗްޕީއޭ އިން ވަނީ މި ވެކްސިން ރައްޔިތުންނަށް ދެވޭނީ ރާއްޖޭގައި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބަލާ ހުރިހާ މިންގަޑުތަކަކަށް ބެލުމަށްފަހު އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިތީގެ ހުއްދަ ލިބުމުން ކަމަށެވެ.

އިދިކޮޅުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ރައްޔިތުންގެ ޢާންމު ޞިއްޙަތާއި ދުޅަހެޔޮކަމަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެންމެ އިސްކަންދޭ، އެއްކަމަކަށްވާތީވެ، ކިތަންމެ ބޮޑު ޚަރަދެއް ކޮންގެންނަމަވެސް، ކޯވިޑް 19 އިން ރައްކާތެރިވުމަށް ރާއްޖެ ގެންނަންވާނީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ އެޕްރޫވްކޮށްފައިވާ، އެންމެ ފެންވަރު ރަނގަޅު، އަދި ވެކްސިންގެ ރައްކާތެރިކަން އެ ޖަމުޢިއްޔާއިން ކަށަވަރުކޮށްދީފައިވާ ވެކްސިން ކަމަށެވެ.

އެގޮތުން ބަލިތަކުން ދިފާޢުވުމަށް ޖަހާ ވެކްސިންއަކީ އެ ވެކްސިންއަކާއި ގުޅޭގޮތުން ގިނަ ތަޙުލީލުތަކެއް ކުރުމަށްފަހު، ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ޞިއްޙަތާއި ބެހޭ މާހިރުންގެ ރައުޔާއި އެއްގޮތަށް އުފައްދާ އެއްޗެއް ކަމަށާއި އަދި ވެކްސިން ޖެހުމުން އުފެދޭ ތަފާތު ރިއެކްޝަންސް އާމެދު ސަމާލުވެ، ފަރުވާ ކުރެވޭނެ ގޮތްތައް ދެނެގަނެވިފައިވާ އެއްޗަކަށް ވާންޖެހޭ ކަމަށް އެ ބަޔާނުގައި ވެއެވެ.

“ނަމަވެސް، ސަރުކާރުން މިހާރު ރާއްޖެ ގެނެސްފައިވާ ވެކްސިންއަކީ ޑަބްލިއުއެޗްއޯއިން އަދި ޤަބޫލުކުރާ ވެކްސިނެއް ނޫންކަމަށް މި ކޯލިޝަނަށް ވަނީ މައުލޫމާތު ލިބިފައި. އެ ވެކްސިން އަކީ ތަހުލީލު ކުރުމުގެ މަރުހަލާގައި މިވަޤުތުހުރި ވެކްސިނެއް. އެ ވެކްސިނަކީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ވެކްސިން އެޕްރޫވްކުރާ ކޮމިޓީއިން ހުއްދަ ދީފައިވާ އެއްޗެއް ނޫން” އެ ބަޔާނުގައި ވެއެވެ.

ކޯވިޑް19 ގެ ބަލިމަޑުކަން ފެތުރެން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވުމާއެކު، މި ބަލިން ރައްކާތެރިވުމަށްޓަކައި، ޑަބްލިއުއެޗްއޯއިން ޤަބޫލުކުރާ ވެކްސިން އަކަށް ދިވެހިން އިންތިޒާރުކުރަމުން ދަނިކޮށް، އެހެން ވެކްސިނެއް ރާއްޖޭގައި ޖަހަން ފެށުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން އެޕްރޫވް ނުކުރާ ވެކްސިންއެއް ބޭނުން ކުރުމަށް އެއްވެސް ދިވެހި ރައްޔިތަކަށް މަޖުބޫރު ނުކުރުމަށާއި ވެކްސިން އެއް ތަޙުލީލު ކުރުމުގެ މަރުޙަލާއެއްގައި ދިވެހިން ބޭނުން ނުކުރުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: