ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ރައީސް ޔާމީނަށް އަނިޔާ ކުރަނީ، މޯދީގެ އޯޑަރަށް: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުﷲ ޔާމީނަށް އަނިޔާ ކުރަމުންދަނީ އިންޑިޔާ ސަރުކާރާއި ގުޅިގެން ސީދާ އެގައުމުގެ ބޮޑިވަޒީރު ނަރެންދްރަ މޯދީގެ އޯޑަރަށްކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޖަލު ހުކުމް ދެމެެހެއްޓުމަށް ހައި ކޯޓުން ހުކުމް ކުރުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް މިސަރުކާރުން އަނިޔާ ކުރަމުން ދަނީ އިންޑިޔާ ސަރުކާރާއި ގުޅިގެން ކަމަށެވެ. އަދި މިސަރުކާރު ވެރިކަމުގައި އޮތްހާ ދުވަހަކު، ރައީސް ޔާމީނަށްވެސް އެހެން މީހަކަށްވެސް އިންސާފު ނުލިބޭނެކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަަލަ ރައީސް ޔާމީނާއި ދެކޮޅަށް ނިންމީ ޖޭއެސްސީއަށް ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަމަށެވެ. އެގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގައި ހުންވައިގެން ޖޭއެސްސީއަށް އަތް ބާނުވައިގެން ކުރައްވަމުން ގެންދަވާ ކަމެއް ގޮތުގައި ސިފަ ކުރެއްވިއެވެ. އަދި މިއީ ރައީސް ޔާމީންގެ ސިޔާސީ ހަރަކާތް ފުނޑު ފުނޑުކުރުމަށް ކުރަމުންދާ މަސައްކަތެއް ކަމުގއި އަބްދުއްރަހީމް ވިދާޅުވިއެވެ.

” ރައީސް ޔާމީނަކީ މައުސޫމް ބޭފުޅެއް” އަދުރޭ

މީގެ އިތުރަށް އަބްދުއްރަހީމް ވިދާޅުވީ އެއީ ބާތިލް ހުކުމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ގަބޫލުކުރާ ކަމަށެވެ. މިސަރުކާރު އޮއްވާ ރައީސް ޔާމީނަށް އިންސާފު ނުލިބޭނެ ކަމަށާއި އެހެންނަމަވެސް ގޮންޖެހުންތައް ހުރި ނަމަވެސް ރައީސް ޔާމީނަށް އިންސާފު ހޯދައދިނުމަށް މަސައްކަތްކުުރައްވާނެ ކަމަށް ވިދާޅުވިއެވެ. މިހުކުމާއެކު ހާމަވެގެން މިދިޔައީ ޖުޑިޝަރީއަށް ނުފޫޒު ފޯރާފައިވާ މިންވަރު ކަމަށާއި މިހުމުކާއެކު ހިތާމަކުރާނީ ރައީސް ޔާމީންގެ ސަޕޯޓަރުން އެކަނި ނޫންކަމަށް ވިދާޅުވިއެވެ. އަދި މިމަައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެކަމަށް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ޒިންމާދާރުކުރުވުމުގެ ހަރަކާތްތައް އިތުރު ކުރަންޖެހޭ ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރު ކުރެވޭނީ މަގުމަތީ ހަރަކާތްތަކުން ކަމަށާއި އިދިކޮޅުގެ މަގުމަތީ ހަރަކާތްތައް މިއާއެކު އިތުރުވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: