ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާކީ އިސްލާމްދީނުގައިވާ އެއްކައުވަންތަ ކަމުގެ އަސާސަށް ފުށުއަރާ ކަމެއް: ޒައިދު

ޝެއިޙު އަލީ ޒައިދު..... ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ އަކީ އިރަށް އަޅުކަން ކުރުމާއި އިސްލާމްދީނުގައިވާ އެއްކައުނަވަންތަ ކަމުގެ އަސާސާ ފުށުއަރާ އެތަކެއް ބަސްތަކެއް އެކުލެވޭ ކަމެއް ކަމަށް ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިހެން ވިދާޅުވީ ލޮނުޒިޔާރަތް ޕާކުގައި ޔޯގާ ސެޝަންތަކެއް ކުރިއަށް ގެންދަން ފެށުމާ ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ޝައިޚު އަލީ ޒައިދު ވިދާޅުވީ ޔޯގާއަކީ ހަމައެކަނި ފިޒިކަލީ ކޮށްލާ ކަސްރަތެއް ނޫން ކަމަށާއި އެއީ އޭގައި، އިރަށް އަޅުކަން ކުރުމާއި އިސްލާމްދީނުގެވާ އެއްކައުނަވަންތަ ކަމުގެ އަސާސާއި، ފުށުއަރާ އެތަކެއްބަސް ތަކާއިއެކު ކުރާ ކަމެއް ކަމަށެވެ.

“ކާފިރުންކުރާ ހުރިހާ ކަމެއް އަދި މުސްލިމުންނަކަށް ކުރެވޭކަށް ނޯވެއެވެ. އެކަން ދަންނާށެވެ.” ޒައިދު ވިދާޅުވިއެވެ.

އިއްޔެ ފަށާފައިވާ ޔޯގާ ސެޝަނަތްކަކީ މާލެ ސިޓީ ކައުންސިލާއި އިންޑިއަން ކަލްޗުރަލް ސެންޓަރާއި ގުޅިގެން ކުރިއަށް ގެންދާ ޔޯގާ ސެޝަންތަކެކެެވެ. މި ޝެޝަންތައް ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޯމަ ދުވަހު ކުރިއަށް ގެންދާނެއެވެ. އެ ސެޝަންތައް މި ދެ ދުވަހުގެ ހެނދުނު 06:00 އިން 07:00 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: