ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާނާއި ދެކޮޅަށް އަދާލަތުގެ ރައީސްކަމަށް މިނިސްޓަރު ޒާހިރު!

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ، ހޯމް މިނިސްޓަރ އިމްރާން އާއި، އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް، މިހާރު ވެސް ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުރިމަތިލައްވައިފި އެވެ.

އަދާލަތުން އާއްމު ކުރި ބަޔާނެއްގައި ވަނީ، ޕާޓީގެ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ލިސްޓު އާއްމުކޮށްފަ އެވެ. އިއުލާނުގައިވާ ގޮތުން އިމްރާންގެ ރަނިން މޭޓްގެ ގޮތުގައި، ނައިބް ރައީސްކަމަށް ހިމަނުއްވާފައި ވަނީ އަހްމަދު ޝަރީފް، ގ. އަލިޝާއެވެ. އަދި ޑރ. ޒާހިރުގެ ރަނިން މޭޓްގެ ގޮތުގައި ހުންނެވީ އަހްމަދު ނަޝީދު، ދަފްތަރު ނަންބަރު 3851 އެވެ.

އަދާލަތު ޕާޓީގެ ދުސްތޫރުގައި ފުރަތަމަ ފަހަރަށް، އަންހެނަކަށް ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ ގޮތަށް އިސްލާހެއް ގެނައި ނަމަވެސް އެއްވެސް އަންހެން ބޭފުޅަކު މަގާމަކަށް ކުރިމަތިލައްވާފައި ނުވެއެވެ.

އަދާލަތު ޕާޓީގެ ރައީސެއްގެ ގޮތުގައި އިމްރާން ހުންނަވާތާ، ދިހަ އަހަރު ވަނީ ވެފައެވެ. މިވަގުތު ޕާޓީގެ ނައިބް ރައީސެއްގެ ގޮތުގައި ހުންނެވީ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އެވެ. ނަމަވެސް، އޭނާ އާ ދައުރަކަށް ކުރިމަތިލައްވާފައި ނުވެއެވެ.

އަހަރުތަކަށް ފަހު، އަދާލަތުން ޕާޓީގެ ރައީސާއި، ނައިބު ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންހަ ހޮނިހިރު ދުވަހުއެވެ. އިންތިހާބުގައި ވޯޓު ލެވޭނީ، އެ ހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެމްބަރުންގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށެވެ.

އަސާސީ ގަވައިދުގެ ދަށުން ދައުރު ހަމަވީ ނަމަވެސް، އިންތިހާބަކާއި ނުލާ، މިނިސްޓަރު އިމްރާނާއި، އަލީ ޒާހިރު މަގާމުގައި ދެމިތިބި މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް ދާދިފަހުން ހުށަހެޅިއެވެ.

2005 ވަނަ އަހަރުގެ ތެރޭގައި ވުޖޫދުވެގެން އައި، އަދާލަތު ޕާޓީގެ މެމްބަރުންގެ އަދަދަކީ 6،640 ކަމަށް އީސީއިން އެންމެ ފަހުން އާއްމު ކުރި ސިޔާސީ ޕާޓީތަކުގެ ހިސާބުތަކުން ދައްކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: