ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތުކޮށް، މަގާމުން އެކަހެރި ކުރި ފުލުހުން އަލުން ވަޒީފާއަށް!

މާލޭގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި ފުލުހުން ހަރަކާތްތެރިވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ކޮރަޕްޝަންގެ ތުހުމަތުގައި ޖިނާއީ އަދި އިދާރީ ތަހުގީގުފަށާ، މަސްއޫލިއްުޔަތުންް އެކަހެރި ކުރި ފުލުހުން ވަޒީފާއަށް ނިކުންނަން ފަށައިފި އެވެ.

ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ ފަސް ފުލުހެއްގެ މައްސަލަ ކުރިޔަށް ދާކަން ހާމަކޮށް، އެ މީހުން ވަޒީފާއިން އެކަހެރި ކުރިކަން މީޑިއާތަކަށް އެންގީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.

އެ މީހުން އަލުން ވަޒީފާއަށް ނިކުންނަން ފެށި ނަމަވެސް، އޭގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އަދި ވަކި އުސޫލެއްގެ ތެރެއިން، މަސައްކަތް ކުރަމުން ދަނީ ހުރިހާ ފުލުހުންކަން ނުވަތަ ވަކި ބައެއްކަން، ސާފެއް ނޫނެވެ.

ހިޔާނާތުގެ މައްސަލަތައް ކުރިޔަށް ނުދާތީ އެކަމާއި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަދި ދާދިފަހުން އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ހިޔާނާތުގެ މައްސަލަތައް ކޯޓުގައި ކުރިޔަށް އޮތް ދުވަަސްތަކުގައި ކުރިޔަށް ދާނެކަން ހާމަކުރައްވާފައެވެ. ޝަމީމް ވިދާޅުވީ ގޮތުން ހިޔާނާތުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ޕާޓީތަަކުގެ ގިނަ ބަޔަކު ޝާމިލްވެއެވެ.

ރާއްޖޭގެ މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގު އަދިވެސް، ކުރިޔަށްދާއިރު ހިޔާނާތުގެ ތެރެއިން ގެއްލުވާލާފައިވާ ސީދާ އަދަދު ވަނީ ހޯދޭގޮތް ނުވެފައެވެ. މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރަށް ދޮޅު އަހަރު ވެސް ނުވަނީސް ފެންމަތިވެގެން އައި މައްސަލައެކެވެ.

އެގްރީމެންޓެއް ނެތި، އެތައް ބަޔަކަށް އެއް ރަށެއް ދޫކޮށްފައިވާއިރު އެ ފައިސާތައް އެއް އެކައުންޓުން އަނެއް އެކައުންޓަށް ޓްރާންސްފާ ކޮށްފައިވެއެެވެ. އޭގެ އިތުރުން ވެސް، ނަގުދު ފައިސާގެ ގޮތުގައި ހިޔާނާތުގެ ފައިސާ ގެންގުޅެފައިވާކަމަށް މިހާތަނަށް ކުރެވިފައިވާ ތަހުގީގުތަކުން ވަނީ އެނގިފައެވެ.

މައްސަލައިގައި ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ރިޔާޒް ވިދާޅުވެފައި ވަނީ ފުލުހުންގެ މުވައްސަސާއާއި ދިވެހި ރާއްޖޭގެ ދިފާއި ބާރަށް ވެސް އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންނަށް ފައިސާ ދީފައިވަނީ “ސްޕޮންސާޝިޕް” ގެ ނަމުގައި ކަމަށެވެ. އަދި އެ ދެ މުވައްސަސާގެ ބައެއް އިވެންޓުތަކަށް ވަކި ވަކި މީހުންނަށް ވެސް ހިޔާނާތުގެ ފައިސާ ހަރަދުކޮށްފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ.

މަޖިލީސް އިންތިހާބާއި ދިމާކޮށް ޕާޓީތަކުން ބޭއްވި ޕްރައިމެރީތަކާއި، ޕްރައިމެރީތައް ކާމިޔާބު ކުރުމަށްފަހު މަޖިލީސް އިންތިހާބަށް ވެސް ހިޔާނާތުގެ ފައިސާ ހަރަދުކުރިކަމަށް، ތުހުމަތުވާއިރު މެމްބަރުން މަޖިލީސް އިންތިހާބު ކާމިޔާބު ކުރުމަށްފަހު އޭގެ ފަހުން އައި މަޖިލީސް ރައީސަކު ހޮވުމަށްވެސް އެމްއެމްޕީއާރުސީގެ ފައިސާ ހަރަދުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މަޖިލީހުގެ ތެރެއިން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ވެސް ފައިސާ ހަރަދުކޮށްފައިވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަގާމުތަކަށް މީހުން އައްޔަން ކުރުމާއި، ވަކި ކުރުމަށް ވެސް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ގޮތުގައި މެމްބަރުންނަށް ފައިސާ ދީފައިވާކަމަށް ރިޔާޒް ވިދާޅުވެފައި ވެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި މި ސަރުކާރާއި ކުރީ ސަރުކާރުގެ އިސްވެރިން ހިމެނޭކަމުގެ ވާހަކަތައް ދެކެވެއެވެ. އަަދި މަޖިލީހުގެ މެމްބަރުން ވެސް ހިޔާނާތުގައި ބައިވެރިވީ ކަމުގެ ތުހުމަތާއި އެ ފައިސާ ލިބުނުކަމަށް ވާހަކަ ދެކެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: