ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ރުފިޔާއަށް ހާއްސަ ނިޝާނެއް ބޭނުންކުރަން ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރުފިޔާއަށް ހާއްސަ ނިޝާނެއް ބޭނުންކުރަން ފެށުމަށް ނިންމައިފިއެވެ.

އެމްއެމްއޭ އިން މިއަދު ވަނީ ދިވެހި ރުފިޔާއަށް ބޭނުންކުރާނެ ނިޝާނެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް މުބާރާތެއް ބޭއްވުމަށް ނިންމައި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.

މިމުބާރާތަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން އެންމެ މޮޅު ހުށަހެޅުމަކަށް 20000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފަރުމާކުރާ ނިޝާނަކީ ކަނާތުން ވައަތަށް އަދި ވައަތުން ކަނާތަށް ލިޔާ ބަސްތަކުގައި ވެސް ބޭނުންކުރެވޭ ފަދަ ނިޝާނަކަށް ވާންްްްްްްްްްޖެހެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 ފެބްރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެމްއެމްއޭ އަސް ޕްރޮޕޯސަލް ހުށަހަޅަން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: