ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލްތަކުން ކޮވިޑް ކޭސްތައް ސިއްރުކުރާނެކަމަށް ގަބޫލެއް ނުކުރެވޭ: ޑރ ނަޒްލާ

ފޮޓޯ" އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ސްކޫލަކުން ކޮވިޑްގެ ކޭސްތައް ސިއްރުކޮށްފާނެކަމަށް ގަބޫލުނުކުރެވޭކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްޒާ ރަފީގު ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީގެ ބައްދަލުވުމުގައި، ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ މާލޭގެ ބައެއް ސްކޫލުތަކުން ކޮވިޑުގެ ކޭސްތަކެއް، ފެނި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށް ދާކަމަށެވެ. ސްކޫލުތަކުން ފެންނަ ކޮވިޑުގެ ކޭސްތައް، ބެލެނިވެރިން ސިއްރުކުރާކަމަށް ދެކެވޭ ވާހަކަތަކަށް ޑރ. ނަޒްލާ ވިދާޅުވީ ރައްކާތެރި މާހައުލެއް ދަރިވަރުންނަށް ގާއިމްކޮށްދިނުން އެއީ ސްކޫލުތަކުގެ ޒިންމާއެއް ކަމަށެވެ. އަދި ބެލެނިވެރިންނާއި، ސްކޫލުތަކުން ފަރުވާކުޑަކޮށްލައި، އެފަދަ މައުލޫމާތެއް ސިއްރުކުރާނެކަމަށް ނުބެލެވޭކަމަށް އޭނާ ވިދާޅުވި އެވެ.

ސްކޫލްތަކުން އަންނަ ކޭސްތަކަށް ހާއްސަ ސަމާލުކަމެއް ދީ، ކޮންމެ ސާމްޕަލްއެއްގެ ނަތީޖާ ވެސް ވީހާވެސް އަވަހަށް ލެބޯޓްރީތަކުން އެޗްޕީއޭއަށް އަންގާކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

“ޓީޗަރަކުވިޔަސް ދަރިވަރަކުވިޔަސް ޕޮޒިޓީވްވެއްޖެނަމަ، އެބަ ކޮންޓެކްޓް ޓްރޭސިން ހަދަން ޓީޗަރަކާއި، ދަރިވަރަކާއި ނުވަތަ ސްކޫލް އެހެން މީހަކާއި ބައްދަލުވިތޯ ބެލުމަށް” ޑރ. ނަޒްލާ

މީގެ އިތުރަށް ޑރ ނަޒްލާ ވިދާޅުވީ، ސްކޫލްތެރެއިން އެއް ދަރިވަރަކާއި، އަނެއް ދަރިވަރު ކޮންޓެކްޓްވެފައި ހުންނަނީ ވަރަށް މަދު ހާލަތެއްގައި ކަމަށެވެ. އާއްމު ގޮތެއްގައި އެއް ޓީޗަރު އަނެއް ޓީޗަރާއި ބައްދަލު ވިޔަސް، ޓީޗަރުންނާއި ގިނަ ދަރިވަރުންނާއި ކޮންޓެކްޓު ވާނެ ހާލަތެއް ނާންނަކަމަށް ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ މުޖްތަމައުގެ ތެރޭން ފެންނަ ކޭސްތަކަށް ބަދަލު އަންނަ ވަރަކަށް، އޭގެ އަސަރު ސްކޫލުތަކުން ވެސް ފެންނާނެ ކަމަށެވެ. ސިވިލް ސާވިސް މުވައްޒަފުންނާއި، ވަޒީފާގެ މާހައުލުން ފެންނަ ކޮވިޑުގެ ކޭސްތައް ވެސް އިތުރުވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް، އެފަދަ ކޭސްއަކުން ކަލަސްޓާއެއް އުފެދިފައިނުވާކަން ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އާންމު ހާލަތަށްވުރެ ފުޅާކޮށް ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންދަންޖެހޭނަމަ، އެކަންވެސް އާންމުކުރާނެކަމަށް ވިދާޅުވިއެވެ.

ސްކޫލުތަކުން ކޮވިޑަށް ޕޮޒިޓިވްވާ ދަރިވަރުން އިތުރުވެފައިވާތީ، އެކަމާއި ގުޅިގެން އިތުރު އެސްއޯޕީއެއް އެޑިއުކޭޝަނުން އާއްމުކޮށްފައި ނުވެއެވެ. އެޑިއުކޭޝަނުން ބުނެފައިވަނީ، ސްކޫލުތަކުން އަމަލު ކުރަން ޖެހޭނީ މިނިސްޓްރީއިން މީގެ ކުރިން ވެސް އިޝޫކޮށްފައިވާ ގައިޑްލައިނަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: