ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ ސީނިއާ ހަތަރު އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކާނަލް ރޭންކުގައި ތިއްބެވި ސިފައިންގެ ސީނިއަރ ހަތަރު އޮފިސަރަކަށް ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް މަޤާމުގެ ކުރިއެރުން ދެއްވައިފިއެވެ.

ސިފައިންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކާނަލް ރޭންކުގައި ތިއްބެވި ސީނިއަރ ހަތަރު އޮފިސަރުންކަމުގައިވާ މުޙައްމަދު ޝަރީފްއާއި، އިސްމާޢީލް ޝަރީފްއާއި، ޢަބްދުﷲ ޒުހުރީ އަދި ޢަބްދުލް މަތީން އަޙްމަދަށް ބްރިގޭޑިއަރ ޖެނެރަލް މަޤާމު ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި ހަތަރު އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއެވެ. އަދި، މި ރަސްމިއްޔާތުގައި ރައީސް ޞާލިޙާއި، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ ވާހަކަފުޅު ދެއްކެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެލައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: