ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިމަހު 5ގެ ފަހުން ކޮޅުފުށިން އެހެން ރަށަކަށް ދަތުރުކުރި މީހުން ކަރަންޓީންވާން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ ފަސް ވަނަ ދުވަހުގެ ފަހުން މ. ކޮޅުފުށިން އެހެން ރަށްތަކަށް ދަތުރުކުރި މީހުން ކަރަންޓީންވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

ކޮޅުފުށިން މާލެ އައި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. އެ މީހާގެ ކޮންޓެކްޓުންގެ ތެރެއިންނާއި ކޮޅުފުށީގެ އެކި ސަރަހައްދުތަކުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން މިއަދު ވަނީ ނުވަ މީހަކު ޕޮޒިޓިވްވެފައެވެ.

އެކަމާ ގުޅިގެން އެޗްޕީއޭއިން ނެރުނު ރަތް އެލާޓުގައި ބުނީ، މިމަހުގެ ފަސްވަނަ ދުވަހުގެ ފަހުން މ. ކޮޅުފުށިން އެހެން ރަށްތަކަށް ދަތުރުކުރި މީހުން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތު ސެންޓަރަށް އެންގުން އެދޭ ކަމަށާއި އެ މުއްދަތުގައި ކޮޅުފުށިން މާލެއަށް ދަތުރުކޮށްފައިވާ މީހުން 1676 އަށް ގުޅައި މައުލޫމާތު ހިއްސާކުރުން އެދޭ ކަމަށެވެ.

މީގެ އިތުރުން އެ މުއްދަތުގައި ކޮޅުފުށިން ދަތުރުކޮށް 14 ދުވަސް ހަަމަނުވާ މީހުން، 14 ދުވަސް ފުރިހަމަ ވަންދެން ކަރަންޓީނުވެ، ކަރަންޓީނު ނިމުމަށްފަހު ކޮވިޑް 19އަށް ޓެސްޓުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިއްބެވުމަށްވެސް އެޗްޕީއޭއިން ވަނީ އަންގައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: