ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުސްވި ކުއާޓަރުގައި އިމާރާތްކުރުން ފިޔަވައި އެހެން ދާއިރާތަކުން ކުރިއެރުން ހޯދި

ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓާރުގައި އިމާރާތްކުރުން ފިޔަވައި އެހެން ދާއިރާތަކުން ކުރިއެރުން ހޯދާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އިމާރާތްކުރުމުގެ ދާއިރާގެ ކުންފުނިތައް ފިޔަވައި އެހެން ދާއިރާތަކުގެ ކުންފުނިތަކުން ވަނީ މާލީ ގޮތުން ކުރިއެރުން ހޯދާފައެވެ. އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އެގޮތުން ރިޒޯޓްތަކާއި ގެސްޓްހައުސްތަކުގެ ބުކިންތައް އިތުރުވެ، އެތަންތަނަށް ލިބޭ އާމްދަނީ އިތުރުވަމުންދާކަން ފާހަގަކޮށްފައިވެއެވެ.

ސާވޭގައި ރާއްޖޭގެ އެކި ދާއިރާތަކުގެ 121 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. އެކި ދާއިރާތަކުގައި މީހުން ވަޒީފާ އަދާކުރާ ނިސްބަތަށް ބަލާއިރު، ފަތުރުވެރިކަމުގެ ދާއިރާ އަދި ވިޔަފާރީގެ ދާއިރާގައި މީހުން ވަޒީފާ އަދާކުރާ މިންވަރު ވަނީ ނިސްބަތުން އިތުރުވެފައެވެ. އެހެންނަމަވެސް، ދަތުރުފަތުރުކުރުމާއި، މުވާސަލާތުކުރުން އަދި އަދި އިމާރާތްކުރުމުގެ ދާއިރާގައި މީހުން ވަޒީފާ އަދާކުރާ ނިސްބަތް ވަނީ އިތުރުވެފައެވެ.

މިއަހަރު ފެށިގެން އައި ދުވަސްވަރަކީ ފަތުރުވެރިކަމުގެ ޕީކް ދުވަސްވަރުކަން ފާހަގަކޮށް ދިރާސާގައިވަނީ އެކަމުގެެ ސަބަބުން އެހެންދާއިރާތަކަށްވެސް ކުރިއެރުން ލިބޭނެކަމަށް ލަފާކޮށްފައެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ގިނަ ދާއިރާތަކަށް މާލީ ގޮތުން ކުރިއެރުން ލިބޭނެކަމަށް ފާހަގަކޮށްފައިވިޔަސް، އިމާރާތްކުރުމުގެ ދާއިރާއަށް ކުރިއެރުން ލިބޭނެކަމަށް ނުބެލެވޭކަމަށް ދިރާސާއިން ދައްކައެވެ.

ވިޔަފާރިތަކަށް ބަލައިލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރަކީ ވިޔަފާރިތަކަށް އުންމީދީ އަހަރެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ވިޔަފާރިތަކަށް ފައިދާގެ ގޮތުގައި ޖެހޭނެ މިންވަރު އިތުރުވާނެކަމަށް ލަފާކޮށްފައިވާއިރު، މިކުއާޓަރުގައި ވިޔަފާރިތައް އިތުރަށް ފުޅާވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

ދަތުރުފަތުރުކުރުމާއި މުވާސަލާތުކުރުމުގެ ދާއިރާއަށްވެސް މާލީގޮތުން ކުރިއެރުންތަކެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، ޚިދުމަތްތަކަށް ނަގާ އަގު މިހާރު ހުރި އަގުތަކުގައި ދަމަހައްޓާނެކަމަށް 78 އިންސައްތަ ކުންފުނިން ދަމަހައްޓާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި ޖުމްލަ ގޮތެއްގައި ހުރިހާ ކުންފުނިތަކުގެ ވިޔަފާރިވެސް ރަނގަޅުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: