ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ފައިޒަރ ވެކްސިން ނޫން ވެކްސިނެއް ދީގެން ނުވާނެ: މުންދު

މުހައްމަދު ހުސައިން ޝަރީފު (މުންދު)
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާއި ދެކޮޅަށް ތައްޔާރުކުރަމުންދާ ވެކްސިންތަކުގެ ތެރެއިން ދިވެހި ރައްޔިތުން ގަޔަށް ޖަހަންވާނީ ހަމައެކަނި ފައިޒރ ވެކްސިންކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބްރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ ރާއްޖެއަށް މިވަގުތު ގެނެސްފައިވާ ވެކްސިނަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ފުރިހަމަ ހުއްދަ ލިބިފައިވާ ވެކްސިނެއް ނޫންކަމަށެވެ. އަދި ސިއްހީ ކަންކަމަކީ އަވަސްއަރުވާލައިގެން ނުވަތަ ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ހެޔޮވާނެކަމަށް ބަލައިގެން ތިބެވޭނެ ވަރުގެ ކަންކަން ނޫންކަމަށް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ، ރާއްޖެއަށް މިހާރު ގެނެސްފައިވާ ވެކްސިނަކީ އޮކްސްފޯޑްގެ އަސްޓްރާޒެނެކާއިން ފޯރުކޮށްދިން ވެކްސިނެއްކަމަށް ދެއްކުމަށް ވަރަށް ބޮޑަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.

އެހެންނަމަވެސް، އެއީ މުޅިން ތެދު ވާހަކަތަކެއް ނޫންކަމަށް މުންދު ވިދާޅުވިއެވެ. މުންދު ވިދާޅުވީ، އޮކްސްފޯޑްގެ އަސްޓްރާޒެނެކާއިން ތައްޔާރުކުރާ ވެކްސިން އޭގެ ޒާތުގައި ތައްޔާރުކުރަނީ އިނގެރޭސިވިލާތާއި ކޮރެއާގައި ކަމަށެވެ. އެހެންމަމަވެސް، ރާއްޖެއަށް ލިބުނީ އަސްޓްރާޒެނެކާއާއި އިންޑިޔާގެ ސިރަމް އިންސްޓިިޓިއުޓްއިން ގާއިމްކުރި އެއްބަސްވުމެއްގެ ދަށުން، ސިރަމް އިންސްޓިޓިއުޓާއި ވެކްސިންގެ ފޯމިޔުލާ ހަވާލުކުރުމުން އިންޑިޔާގައި ތައްޔާރުކުރި ވެކްސިނެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖެ ގެންނަނީ އޮކްސްފޯޑްއިން ވެކްސިންގެ އަސްލު ހިއްސާކުރުމުން، އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓްގައި ތައްޔާރުކުރި ކޮވިޝީލްޑް ނަމަކަށް ކިޔާ ވެކްސިނެއް ކަމަށެވެ.

ކޮވިޝީލްޑަކީ ނުވަތަ އިންޑިޔާއިން ފޯރުކޮށްދިން ވެކްސިނަކީ ޑަބްލިއުއެޗްއޯގެ މިންގަނޑުތަކަށް ފެތޭ އެއްޗެއްނޫން ކަމަށާއި އެވެކްސިނަކީ ޓެސްޓިން ޓްރަޔަލްތައް ފުރިހަމަކޮށްފައިވާ ވެކްސިނެއް ނޫންކަމަށް މުންދު ވިދާޅުވިއެވެ. މިއީ އަދި ތަހުލީލީ މަރުހަލާގައިވާ ވެކްސިނެއްކަން ފާހަގަކުރައްވާ، ޚާރިޖީ ގުޅުމާއި ބާރުތަކަށްވުރެެ ރައްޔިތުންގެ ސިއްހަތަށް އިސްކަން ދިނުމަށް އޭނާ ވަނީ ގޮވާލާފައެވެ.

“ކޮވިޝީލްޑް ވެކްސިނަކީ ޓެސްޓް މަރުހަލާގެ ތިންވަނަ މަރުހަލާ ނިމިފައިވާ ވެކްސިނެއް ނޫން” މުންދު

އިންޑިޔާއިން ފޯރުކޮށްދިން ވެކްސިނަކީ މިހާތަނަށް އަދި ޑަބްލިއުއެއްޗްއޯއިން ހުއްދަ ދީފައިވާ ވެކްސިނެއް ނޫންކަމަށް މުންދު ވިދާޅުވިއެވެ. އަދި ނެއިބަހުޑް ވެކްސިން ޑިޕްލޮމަސީގެ ދަށުން އިންޑިޔާއިން އަވަށްޓެރި ގައުމުތަކަށް ވެކްސިން ފޯރުކޮށްދިން ކަމުގައިވިޔަސް، ރާއްޖެއިންވެސް ބަލަންޖެހޭ ކަންތައްތަކެއް ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެއީ ކިހާވަރެއްގެ ޔަގީންކަމެއް ހުރި ވެކްސިނެއްތޯ، އަދި އޭގެ ސައިޑް އިފެކްޓްތަކަކީ ކޮބައިތޯ ބަލަންޖެހޭނެކަމަށް ވިދާޅުވިއެވެ.

“ޗައިނާއިން އުފައްދާ ވެކްސިންވިޔަސް ޑަބްލިއުއެޗްއޯއިން ހުއްދަ ނުދޭތީ އަދި ބުނާނަށް ކަމަކު ނުދޭ މަޑުކުރާށޭ. މޮޑާނާ ވިޔަސް ސައިނޯފާމް ސައިނޯވެކް ވިޔަސް އަދި ބުނާނަން މަޑުކޮށްލާށޭ. ފައިޒަރ ފިޔަވައި އެހެން އެއްޗަކަށްވިއްޔާ ބުނާނަށް މަޑުކުރާށޭ” މުންދު

މުންދު ވިދާޅުވީ ފައިޒާއަކީ މިވަގުތު ކޮވިޑް ވެކްސިންތަކުގެ ތެރެއިން ހަމައެކަނި ޑަބްލިއުއެޗްއޯގެ އިމަޖެންސީ ލިސްޓްގައި ހިމެނިފައިވާ ހަމައެކަނި ވެކްސިންކަމަށެވެ. އޭނާ ވިދާޅުވީ ފައިޒާ ފިޔަވައި އެހެން ވެކްސިން ޖެހުމަކީ ޑަބްލިއުއެއެޗްއޯއިން ހިތްރުހޭ ކަމެއް ނޫންކަމަށާއި ޓެސްޓިންގެ ތިންވަނަ މަރުހަލާ ނުނިމެނީސް ދާޚިލީ ބާރުތަކުގެ ނުވަތަ ގުޅުންތަކުގެ ސަބަބުން ވަކި ގައުމަކުން ފޯރުކޮށްދޭ ވެކްސިނެއް ޖެހުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

މީގެ އިތުރަށް މުންދު ވިދާޅުވީ ސިއްހީ ކަންކަމަކީ ކޮމްޕްރޮމައިޒް ވާންޖެހޭނެ ކަންކަން ނޫން ކަމަށާއި ބަލަންވީ އަގުހެޔޮ، ފަސޭހައިން ލިބޭ އެއްޗަކަށް ނޫން ކަމަށެވެ. މުންދު ވިދާޅުވީ ފައިޒަރ ވެކްސިނަކީ ރައްކާކުރަން އުނދަގޫވާނެ ވެކްސިނެއް ކަމަށާއި އެހެންނަމަވެސް އެވެކްސިނަކީ 95 އިންސައްތަ ޔަގީންކަން އޮތް ވެކްސިނެއް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމަށްފަހު، އިދިކޮޅު ކޯލިޝަނުން ވަނީ އިންޑިޔާއިން ފޯރުކޮށްދިން ވެކްސިން ބޭނުންކުރުމާއި ދެކޮޅަށް މުޒާހަރާކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިން ވަނީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ މަރުކަޒުކަމަށްވާ ދަރުބާރުގެއަށް ވަނުމަށް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް ފުލުހުން އެކަމަށް ހުރަސް އަޅައި، ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 43%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 29%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: