ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީއަކަށް ދިޔަ ސްކޫލު ދަރިވަރުންތަކެއް ޕޮޒިޓިވް ވެއްޖެ

އެޗްއީއޯސީގެ ސްޕޯކްސްޕަރސަން ޑރ.ނަޒްލާ ރަފީޤު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީއަކަށްދިޔަ ސްކޫލު ދަރިވަރުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

“ޖަޒީރާ ސައްލާ” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ އެއް ސުކޫލެއްގެ އެއް ކުލާހެެެއްގެ ވަރަށް ގިނަ ކުދިން ޕޮޒިޓިވްވެފައި އެބަތިބިކަމަށާއި އެކަންތައް ބެލުމުން އިނގެނީ މިކަމަކީ ސްކޫލްގެ މާހައުލުން ހިނގާފައިވާ ކަމެއް ނޫންކަން ކަމަށެވެ.

އަދި މިކަން ހިނގަން މެދުވެރިވި ސަބަބެއްކަމަށް ޑރ.ނަޒްލާ ވިދާޅުވީ މިއީ ކޮންމެވެސް އެއް ކުއްޖެއްގެ ގޭގައި ޕާޓީއެއް ބާއްވައިގެން ހިނގި ކޭސްއެއް ކަމަށެވެ.

“މިއަދު އަޅުގަނޑު ބަލައިލިއިރުގައި އެއް ސުކޫލެއްގެ އެއް ކުލާހެެެއްގެ ވަރަށް ގިނަ ކުދިން ޕޮޒިޓިވްވެފައި އެބަތިބި. އެކަމަކު މި ކަން ރަނގަޅަށް ބަލައިލިއިރުގައި މިއީ ކްލާސްތެރެއިންނެއް ނޫން. ކޮންމެވެސް އެއް ކުއްޖެއްގެ ގޭގައި ޕާޓީއެއް ބާއްވައިގެން. އެކަމަކު ޚަބަރު އަންނަނީ ގްރޭޑް 08 އޭ ޕޮޒިިޓިވްވެއްޖެއޭ” ނަޒްލާ ވިދާޅުވިއެވެ.

ޕޮޒިޓިވްވި ދަރިވަރުންތައް ހިމެނޭ ސުކޫލްގެ ނަން ހާމަ ނުކުރައްވައި ޑރ. ނަޒްލާ ފާހަގަކުރެއްވި ގޮތުގައި މިކަމާއި ގުޅިގެން ސުކޫލްގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް މިހާރު ވަނީ ރަނގޅަށް އަޅާފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: