ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ބިދޭސީން މުވައްޒަފުންނަށް އެކަނި އެކޮމޮޑޭޝަން އެލަވަންސް ދިނުން އެއީ ތަފާތު ކުރުމެއް ނޫން”

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން އެއާޓެކްސީ ޕްރައިވެޓް ލިމިޓެޑްގެ ދިވެހި މުވައްޒަފުންނަށް އެކަމަޑޭޝަން އެލަވަންސް ނުދީ، ބިދޭސީ މުވައްޒަފުންނަށް އެފަދަ އެލަވަންސެއް ދިނުމަކީ ތަފާތުކުރުންގެ ގޮތުގައި ބުނެވޭނެ ޖާގައެއް ނެތް ކަމަށް ސްޕްރީމް ކޯޓުން ބުނެފި އެވެ.

މޯލްޑިވިއަން އެއާޓެކްސީގައި، އެއް މަސައްކަތް ކުރާ މުވައްޒަފުންތަކުގެ މެދުގައި ތަފާތު ކުރުން ގެންގުޅޭކަމަށް ބުނެ، ކުންފުންޏާއި ދެކޮޅަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއަށް މައްސަލައެއް ހުށަހަޅާފައިވަނީ، 2009 ވަނަ އަހަރު އެވެ. އެ މައްސަލައިގައި ވަނީ، ބިދޭސީ މުވައްޒަފުންނަށް ހުރުމުގެ އެލަވެންސްގެ ގޮތުގައ ި900 ޑޮލަރު ދެމުން ދާ ކަމަށެވެ. އެކަމަކު އެ އެލަވެންސް ދިވެހި މުވައްޒަފުންނަށް ނުދޭ ކަމަށާއި، އެއީ ތަފާތު ކުރުން ކަމަށެވެ. މުވައްޒަފުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެއީ ގާނޫނު އަސާސީ އައި ހިލާފު އަމަލެއް ކަމަށެވެ.

މައްސަލައިގައި ޓްރައިބިއުނަލްއިން އެންގީ، ބިދޭސީ މުވައްޒަފުންނާއި އެއްގޮތަށް ދިވެހި މުވައްޒަފުންނަށް ވެސް އެކަމޮޑޭޝަން ހަމަޖައްސައި ދިނުމަށެވެ. އޭގެ ފަހުން އެ މައްސަލަ ކުންފުނީގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މައްސަލަ ނިންމީ ކުންފުންޏާއި އެއްކޮޅަށެވެ. ދަށު ކޯޓުގެ ނިންމުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ 23 މުވައްޒަފުންގެ ފަރާތުންނެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބެެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ އެފަދަ އެލަވެންސްއެއް ބިދޭސީ މުވައްޒަފުންނަށް ދިނުމަކީ ތަފާތު ކުރުމެއް ނޫން ކަމަށެވެ.

ރިޔާސަތު ބެލެއްހެއްޓެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ރައުޔުގައި ވިދާޅުވީ ރާއްްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވައިދުގެ ދަށުން، މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ ކެއިން ބުއިމާ އަދި ނިދުން އެކަށީގެންވާ ގޮތަށް ފޯރުކޮށްދިނުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި ބިދޭސީ މުވައްޒަފުންނާއި އެއްގޮތަށް، ދިވެހި މުވައްޒަފުންނަށް އެކަމޮޑޭޝަން ނުވަތަ އިތުރު އެހެން އެލަވެންސްއެއް ހަމަޖައްސައި ދިނުން އެއީ ތަފާތު ކުރުމެއް ނޫން ކަމަށް ހުކުމުގައި ވެއެވެ.

ހުކުމުގައި ވަނީ މޯލްޑިވިއަން އެއާ ޓެކްސީގެ ބިދޭސީ މުވައްޒަފުންނަށް އެކޮމޮޑޭޝަން އެލަވަންސް އޭރު ދެމުން އައީ 2009 ވަނަ އަހަރު އަމަލުކުރި ބިދޭސީން ވަޒީފާގައި ގެންގުޅުމުގެ ގަވާއިދުގެ ދަށުން އެކަން އެގޮތަށް ކުރުމަށް ވަޒީފާ ދޭ ފަރާތުގެ މައްޗަށް ލާޒިމު ކުރާތީ ކަމަށެވެ. އަދި ގާނޫނުން ބާރު ލިބިގެން ހަދާ އެފަދަ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.

އުއްތަމަ ފަނޑިޔާރުގެ ރައުޔުއަށް އެހެން ފަނޑިޔާރުން ވެސް ވަނީ ތާއީދު ކުރައްވާފައެވެ. އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން އިންނެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު ހުސްނުއް ސުއޫދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: