ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ކޮވިޝީލްޑް” ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކޮވިޑް-19ގެ ވެކްސިން، “ކޮވިޝީލްޑް” ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން ދީފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް “ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން” ގައި ބޭނުން ކުރުމަށް ކަމަށެވެ.

“ރާއްޖޭގައި މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މި އޮތޯރިޓީން ދީފައިވަނީ، މިކަމުގައި ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމަ އަށް ބަލައި ދިރާސާކުރުމަށްފަހު، މި އޮތޯރިޓީ އަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯޑު ކަމުގައިވާ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ ލަފަޔާއި މަޝްވަރާއާއެކުގައި” އެމްއެފްޑީއޭ އިން ބުންޏެވެ.

އެމްއެފްޑީއޭ އިން ބުނީ މި ބްރޭންޑުގެ ވެކްސިން ރާއްޖޭގައި ބޭނުން ކުރަން ހުއްދަ ދިނުމުގެ ކުރިން، އޮކްސްފޯޑް-އެސްޓްރާޒެނެކާ ވެކްސިން އާއި ކޮވިޝީލްޑް ބްރޭންޑުގެ ވެކްސިންއާ ގުޅޭގޮތުން އެކި ގައުމުތަކުގެ އިތުބާރު ހިފޭ އިދާރާތަކުން ހިއްސާކޮށްފައިވާ ލިޔެކިޔުންތައް ބަލައި ދިރާސާކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ދެ ވެކްސިނަކީ އެއް “ކޮމްޕޮޒިޝަން” އަދި “ފޯމިއުލޭޝަން” އެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ އެކައްޗެއްކަން ޔަގީންކުރެވޭ ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ. އެހެންކަމުން ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިން ރާއްޖޭގައި ބޭނުން ކުރަން ހުއްދަ ދިނުމުގައި މި ހުރިހާ ކަމަކަށް ރިއާޔަތްކޮށްފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

“ކޮވިޝީލްޑް ބްރޭންޑުގެ ވެކްސިނަށް ހުއްދަ ދޫކޮށްފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ބޭނުން ކުރުމަށް. މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމަށް ހުއްދަ ދެވިފައެއް ނުވާނެ” އެމްއެފްޑީއޭ އިން ބުންޏެވެ.

އާންމު ގޮތެއްގައި ކޮންމެ ވެކްސިނަކީ ވެސް، އެ ވެކްސިނެއް ބޭނުން ކުރުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ “ރިއެކްޝަން” އެއް އައުމުގެ ފުރުސަތު އޮންނަ އެއްޗެއް ކަމަށާއި އެހެންކަމުން އެ އޮތޯރިޓީ އާއި ހެލްތް މިނިސްޓްރީ އަދި އެޗްޕީއޭ ގުޅިގެން މި ވެކްސިން މީހުންނަށް ދިނުމަށްފަހު ކުރިމަތިވެދާނެ ކަންކަން ގާތުން މޮނީޓާ ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިނަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ބޭނުން ކުރަން ފެށުމުގެ ހުއްދަ ދޫކުރި ފުރަތަމަ ވެކްސިނެވެ. މި ވެކްސިން ދޭން ފަށާނެ ދުވަހެއް އަދި ހާމަކޮށްފައި ނުވާއިރު، އެންމެ ފުރަތަމަ ވެކްސިން ދޭން ނިންމާފައިވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށާއި ހައިރިސްކު މީހުންނަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: