ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ދަތުރުކުރި ދޯންޏެއްގައި އަލިފާން ރޯވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ދަތުރުކުރި ދޯންޏެއްގެ އިންޖީނު ރޫމުގައި އަލިފާން ރޯވެ، އިންޖީނު ހުއްޓިގެން އޮޔާދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ގދ. އަމާރީ ހަވޮއްޑާ މޯލްޑިވްސް އިން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދިޔަ “ހިބަރު” ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއްގައި ކަމަށެވެ.

މި ސަޕްލައި ދޯނީގައި ހަ މީހުން ތިބި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެއީ ދެ ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ލ.އަތޮޅުގެ ދެކުނުން 38 ނޯޓިކަލް މޭލު ބޭރުންނެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 10:30 ހާއިރު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: