ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް ފުރުސަތު ދިނުމަށް ނޫސްވެރިންގެ އެސޯސިއޭޝަނުން ގޮވާލައިފި

ނޫސްވެރިންނަށް ހިމާޔަތްނުލިބޭކަމަށް ބުނެ ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ ފޮޓޯ/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް ފަހި ފުރުސަތު ދިނުމަށް ނޫސްވެރިންގެ އެސޯސިއޭޝަނުން ގޮވާލައިފިއެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ބުނީ “އިންސާފު ކޮބާ” ނަމުގައި ޕީޕީއެމް/ޕީއެންސީ އިން 29 ޖެނުއަރީ ވީ ހުކުރު ދުވަހު މާލޭގައި ކުރި މުޒާހަރަތައް ކަވަރުކުރި ޗެނަލް 13 ގެ ނޫސްވެރިންނަށް އަނިޔާވިކަމުގެ މައުލޫމާތު އެއެސޯސިއޭޝަނާއި ހިއްސާކޮށްފައިވާ ކަމަށެވެ.

އެގޮތުން ފުލުހުންގެ ސަފުގައި ޖެހި ނޫސްވެރިއަކު ބިންމައްޗަށް ވެއްޓި އަނިޔާވި އިރު އެ ނޫސްވެރިޔާ އަށް އެހީވުމަށް ދިޔަ ނޫސްވެރިއެއްގެ މޫނަށް ޕްޕޭ ސްޕްރޭ ޖެހި ކަމުގެ މައުލޫމާތު އެސޯސިއޭޝަނާއި ހިއްސާކޮށްފައިވާކަމަށް އެސޯސިއޭޝަނުން ބުނެއެވެ. އަދި އެސޯސިއޭޝަނުން އެދެނީ މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އެއް އިރުޝާދުތަކެއް ދިނުމާއި ނޫސްވެރިންގެ ކަންކަން ބެލުމަށް ފުލުސް މީޑިއާގެ ހާޒިރު އެތަނުގައި ބޭއްވުމެވެ. އަދި މުޒާހަރާއާ ވީ އެންމެ ކައިރިއަކުން މުޒާހަރާގެ ހަރަކާތްތައް ކަވަރުކޮށް މައުލޫމާތު ލިބިގަތުމުގެ ފުރުސަތު ނޫސްވެރިންނަށް ދިނުމަށް ފުލުހުންނަށް އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން ކުރިއަށްގެންދާ މުޒާހަރާތަކުގައި މުޒާހަރާގެ ބައިވެރިން ކޮންޓްރޯލްކުރުމަށް ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ. އަދި ބައެއް ބައިވެރިންގެ މޫނަށް ޕެޕަރ ސްޕްރޭ ޖެހުމާއި ގުޅިގެން ބައެއް މީހުންނަށް ފަރުވާވެސް ދީފައިވެއެވެ.

މީގެ އިތުރުން، މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ބައެއް ނޫސްވެރިން މަގުމައްޗަށް ވެއްޓި އަނިޔާވެފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިޔޯވެސް އަންނަނީ ސޯޝަލް މީޑިޔާގައި ދައުރުވަމުންނެވެ. އަދި މިއީ ނޫސްވެރިންނަށް މިސަރުކާރުން ދޭން ބުނި މިނިވަންކަންތޯ އިދިކޮޅަށް ތާއީދުކުރާ ބޭފުޅުން އަންނަނީ ސުވާލުކުރަމުންނެވެ.

އިދިކޮޅުން ސިލްސިލާ މުޒާހަރާތަކެއް ކުރިއަށްގެންދާތާ ގާތްގަނޑަކަށް ދެހަފްތާއެއްހާ ދުވަސް ވެފައިވާއިރު، ހުކުރު ދުވަހު ވަނީ އިދިކޮޅުގެ ބޮޑު އެއްވުމެއް ބާއްވާފައެވެ. އިދިކޮޅުގެ ސިލްސިލާ މުޒާހަރާތައް ފަށާފައިވަނީ ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ރައީސް ޔާމީނާއި ދެކޮޅަށް ނިންމި ދުވަހުން ފެށިގެންނެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި، ރައީސް ސޯލިހުގެ އިސްތިއުފާއަށް އަންނަނީ ގޮވާލައި އަންނަނީ މުޒާހަރާކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: