ލަންޑަން ސްކޫލްގެ ގްލޯބަލް ހެލްތް ޕޮލިސީގެ އެސިސްޓެންޓް ޕްރޮފެސަރ ޑޮކްޓަރ ކްލެއާ ވެންހަމް ވިދާޅުވެފައި ވަނީ  މިކަމުން އަރައިގަތުމަށް 2 އަހަރު ނުވަތަ 3 ވަރަކަށް އަހަރު ނަގާފާނެ ކަމަށެވެ.

އެއީވެސް ބަލި ފެތުރޭ މިންވަރާއި ކޮންޓްރޯލް ކުރެވޭ މިންވަރަށް ބަލާފައި ކަމަށް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

ވެކްސިން ދިނުމުގައި ލަސްތަކެއް ހުރިކަން އޭނާވަނީ ފާހަގަ ކުރައްވާާާާާާާާފައެވެ.

“މި ބަލި މަޑުކަމުން އަރައިގަނެވުނު ކަމަށްވާނީ މުޅި ދުނިޔެއިން މި ބަލި ނެތިގެން ދިއުމުން” އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވެކްސިން ޖެހި ކަމުގައި ވިއަސް މުޅި ދުނިޔެއަށް ވެކްސިން ޖެހެންދެކަށް އުޅެން ޖެހޭނީ އަބަދުވެސް ކޮންމެވެސް އެއް ކަމެއް މަނާ ކޮށްފައި އޮންނަ އުސޫލެއްގެ ތެރެއިން ކަމަށެވެ.