ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭ ހިންގި މާރާމާރީގައި ޒަހަމްވި އެކަކު އައިސީޔޫގައި

އައިޖީއެމްއެޗް ހޮސްޕިޓަލް އިމާރާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ މާލޭގައި ހިންގި މާރާމާރީތަކުގައި އަނިޔާވި އެކަކަށް އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް އައިޖީއެމްއެޗްއިން ބުނެފި އެވެ.

އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަން ވިދާޅުވީ ރޭ ހިނގި މާރާމާރީތަކުގައި އަނިޔާވި ތިން މީހަކަށް އެ ހޮސްޕިޓަލުން ފަރުވާ ދެމުންދާ ކަމަށެވެ.

އޭގެ ތެރެއިން އެކަކަށް ދަނީ އައިސީޔޫގައި ފަރުވާދެމުން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އެކަކަށް ސާޖިކަލް ވޯޑުގައި ފަރުވާދެމުން ދާއިރު ތިންވަނަ މީހާ ވަނީ ޕްރައިވެޓް ރޫމަކަށް ބަދަލުކޮށްފައި ކަމަށް ވެސް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.

ރޭ ދެ މާރާމާރީ ހިންގާފައިވާއިރު ފުލުހުން ބުނީ ފުރަތަމަ މާރާމާރީ ހިނގީ ރޭ 19:35 ގައި ކިންގް ސަލްމާން މިސްކިތް ކައިރީ އޮންނަ ދަނޑު ކައިރީގައި ކަމަށެވެ. އަދި އޭގެ ފަހުން ރޭ 21:15 ހާއިރު އަސަރީ ހިނގުމުގައި ވަނީ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފަ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ދެ މާރާމާރީއާ ގުޅޭ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: