ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޔޫގެ ޝަރީޢާ އެންޑް ލޯ ގެ އެޑްވައިޒަރީ ކޮމިޓީ އަށް ޝުޖޫން

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ އެޑްވައިޒަރީ ކޮމިޓީ އަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުން ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ހަމަޖައްސައިފިއެވެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި އޮންނަ އެޑްވައިޒަރީ ކޮމިޓީއަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ބޭފުޅަކު ހަމަޖައްސަވައިދެއްވުމަށް އެ ފެކަލްޓީން އެދިވަޑައިގެންފައި ވާތީ ކޮމިޝަންގެ މެމްބަރ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އެ ކޮމިޓީއަށް ހަމަޖެއްސުމަށް 31 ޖަނަވަރީ 2021 ގައި ބޭއްވި ކޮމިޝަންގެ މި އަހަރުގެ 08 ވަނަ ޖަލްސާގައެވެ.

އަދި ކޮމިޝަނުން އިތުރަށް ނިންމަވާފައި ވަނީ މި ކޮމިޓީގެ ބައްދަލު ވުންތަކަށް އެ ފެކަލްޓީން ޢިނާޔަތެއް ދެއްވިކަމުގައި ވިޔަސް ކޮމިޝަނުން ހަމަޖެއްސެވި ބޭފުޅާ އެ ކޮމިޓީގައި މަސައްކަތްކުރައްވާނީ އެއްވެސް އުޖޫރައެއް ނެންގެވުމެއް ނެތި ކަމަށެވެ.

ވަރަށް ގަދަ
36%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 73%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: