ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަތޮޅުތެރޭގެ ރަށްތައް ހިމެނޭހެން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުކޮށްފި

ކޮވިޑް-19 އަށް މީހަކު ޓެސްޓުކުރަނީ. މި ބަލީގެ ނުރައްކާތެރިކަން މިހާރު ވަނީ އިތުރުވެފަ. ފޮޓޯ: ޢަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިފަދައިން އަންގާފައި މިވަނީ، ފަހަކަށް އައިސް މާލެ ސަރަޙައްދު (މާލެ،ވިލިމާލެ،ހުޅުމާލެ) ގެ އިތުރުން އަތޮޅު ތެރޭގެ ރަށްރަށުގައި ވެސް ކޮވިޑް-19 ފެތުރެމުން ދިޔުމާއި ގުޅިގެންނެވެ.

ބޭރުތެރޭގައި އުޅޭއިތު މީގެ ކުރިން މާސްކު އެޅުން މަޖުބޫރު ކޮށްފައިވަނީ ހަމައެކަނި މާލެ ސަރަޙައްދުގެ އިތުރުން ކޮވިޑް ކޭސްތައް ފެނިފައިވާ ރަށްތަކުގައި އެކަންޏެވެ. ނަމަވެސް ފަހަކަށް އައިސް ރާއްޖޭގެ ގިނަ ރަށްރަށުގައި ވެސް މިބަލި ފެތުރެމުން ދިޔުމާއި ގުޅިގެން މިހާރު އެޗްޕީއޭ އިން ނިންމާފައިވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ބޭރަށް ނުކުތުމުގެ ކުރިން މާސްކު އަޅައިގެން ނުކުތުމަށެވެ.

މާސްކު ނާޅާ ބޭރަށް ނިކުމެވޭނެ ހަތަރު ގިންތިއެއް މީގެ ތެރޭގައި ހިމެނެއެވެ. އެއީ:

  • އުމުރުން 2 (ދޭއް) އަހަރުން ދަށުގެ ކުޑަކުދިން
  • ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތު
  • އެހެން މީހެއްގެ އެހީއާންލައި މާސްކު އަޅައި، މާސްކް ނުނެގޭ މީހުން.
  • ޓާ ކެފޭ، ރެސްޓޯރަންޓް، ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތު،މަތީގައި ބަޔާންކޮށްފައިލް އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެެލްތ ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި، އެެފަރާތުުން އަންގާ ގޮތުގެ މަތިން އަމަލު ކުރެވޭނެ އެވެ

މި ފިޔަވަޅުތަކަށް އަމަލުކުރުމަށް އެންމެހާ ފަރާތްތަކަށާއި އިދާރާތަަކަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއިދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: