ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފެށި ވެކްސިން 880 މީހަކަށް ދީފިއެވެ.
ރާއްޖޭގައި ކޮވިޑް-19 އާ ދެކޮޅަށް ވެކްސިން ދޭން ފެށީ އިއްޔެ އެވެ.
ރާއްޖޭގައި މިހާރު ދެމުންގެންދަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ “ކޮވިޝީލްޑް”އެވެ..
ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިއަދު އާއްމު ކުރި ތަފާސްހިސާބުތައްދައްކާގޮތުން މިއަދު 554 މީހަކަށް ވެކްސިން ދީފައި ވެއެވެ. އިއްޔެ ރާއްޖެއިން ވެކްސިން ދީފައި ވަނީ 326 މީހަކަށެވެ.