ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކަށް މައުމޫން ތާއިދު!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އަނެއްކާވެސް ކޮވިޑު-19 ކޭސްތައް އިތުރުވަމުން އަންނާތީ ބަލި ފެތުރެމުން ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަޅަން ނިންމި ފިޔަވަޅުތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތާއިދު ކުރައްވައިފިއެވެ.

މައުމޫން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑު ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން އަޅަން ނިންމި ފިޔަވަޅުތަކަށް ތާއިދު ކުރައްވާ ކަމަށެވެ. އަދި ހުރިާ ރައްޔިތުން އެކުގައި މިބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ރައީސް މައުމޫންވަނީ އިލްތިމާސް ކުރައްވާފައެވެ.

އެޗްޕީއޭއިން ވަނީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން މިރޭ 11 އިން ފެށިގެން ފަތުު 4:30 އާއި ހަމައަށް މާލެ ސަރަހައްދުގައި މީހުން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައެވެ. މީގެ އިތުރުން ރޭގަނޑު 8:30 އިން ފެށިގެން ރޭގަނޑު 11 އާއި ހަަމައަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެެވެ.

އަދި ޕްރީ ސްކޫލްތައް ބަންދުކޮށް ގައުމީ ޔުނިވާސިޓީގެ ކިޔެވުން ވަނީ އޮންލައިން ކުރުމަށް ނިންމާފައެވެ. މީގެ އިތުރުން ސަރުކާރު މުވައްޒަފުން ގޭގައި ތިބެ މަސައްކަތް ކުރުމަށާއި، ރާއްޖޭގެ ހުރިާ ރަށެއްގައި މާސްކު އެޅުން ވަނީ މަޖްބޫރުކޮށްފައެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: