ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް ކޮށްފައިވާ ކޮވިޑް ޓެސްޓުތަކުތެ ނަތީޖާގައި ދޮގެއް ނޯންނާނެ: އޭޑީކޭ

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އޭޑީކޭގެ އެމްޑީ އަހުމަދު އައްފާލް
ޝެއާރކޮށްލާ ކަހަލަދޯ؟

ނ.މާފަރުގައި ހުރި ލެބޯޓަރީގައި އޭޑީކޭގެ ފަރާތުން ހެދި ޓެސްޓުތަކުގައި ދޮގު މައުލޫމާތެއް ނުހިމެނޭނެ ކަމަަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭއިން މިހެން ބުނެފައި ވަނީ މާފަރުގައި ހުރި ލެބޯޓަރީން ހެދި ގިނަ ޓެސްޓުތަކެއް ނެގެޓިވްވެފައިވާއިރު، އެ ކަމުގެ ސަބަބުން ބައެއް ރިސޯޓުތަކަށް ބޮޑެތި ގެއްލުންތަކަށް ލިބިފައިވާ ކަމަަށް “ދިޔަރެސް” ނޫހުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އޭޑީކޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ލެބޯޓަރީ ޤާއިމުކުރި ހިލްސައިޑް ވިލާ ޕްރައިވެޓް ލިމިޓެޑާއި އެ ހޮސްޕިޓަލާ ދެމެދު ވެވުނު އެއްބަސްވުމަކީ 6 މަސްދުވަހުގެ އެއްބަސްވުމެއް ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ ލެބުގެ މަސައްކަތް އެ ހޮސްޕިޓަލުން ދޫކޮށްލި ކަމަށެވެ.

އޭޑީކޭއިން ބުންފައިވަނީ އެ ހޮސްޕިޓަލުން މާފަރު ލެބުގައި ހަދާފައިވާ ޓެސްޓުތަކަކީ ކަމާބެހޭ ފަރާތްތަކުން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ލިބެންޖެހޭ ހުރިހާ ހުއްދައެއް ލިބިގެން ހަދާފައިވާ ޓެސްޓުތަކެއް ކަމަށެވެ. އަދި ޓެސްޓުކުރުމަށް ބޭނުންވާ ހުރިހާ ކޮންޓުރޯލުތަކެއް ބަރާބަރަށް ހިފަހައްޓާފައިވާނެ ކަމަށާއި، ޓެސްޓުތަކުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން އެހެން ލެބުތަކަށް ސާމްޕަލް ފޮނުވައިގެން ރެންޑަމްކޮށް ޓެސްޓު ހެދި ކަމަށްވެސް އެ ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ލެބޯޓަރީ ޓެސްޓުތައް ނެގެޓިވްވުމަށް މެދުވެރިވި ސަބަބުތައް ކަމުގައި އޭޑީކޭއިން ބުނެފައިވަނީ ސާމްޕަލްތައް ނަގާއިރު ރަނގަޅަށް ނެގިފައިނުވުމާއި، ސާމްޕަލް ނެގުމަށްފަހު ލެބޯޓަރީއަށް ފޯރުމުގެ ކުރިން ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބެހެއްޓިފައި ނެތުމާއި، އަދި ލެބޯޓަރީއަށް ސާމްޕަލް ފޯރަން ގިނަ ވަގުތު ހޭދަވުން ފަދަ ކަންކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: