ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިޔާނާ އަށް މިޖެހުނީ ހަތަރު ދަމު ޖާބިރު ގައިގަ ބޮނޑިތާން އަޅަން އިންނަން

ލާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުު ހަތަރުުދަމު މިި ޖެހުނީ ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިިރުގެ ގައިގަ ބޮނޑިތާން އަޅަން އިންނަންކަމަށް އަނބިކަބަލުންް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވެވި ގަޑީގައި އިހުތިޖާޖް ކުރެއްވުމުން، އެމްޑީޕީގެ ބައެއް މެމްބަރުން އޭނާގެ ގައިގައި ޖެއްސެވި ކަމަށް  ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖަލްސާގައި ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ސޯލިހް ފެއްޓިވެ ހިސާބުން ފެށިގެން ޖާބިރު ގެންދެވީ މަޖިލީހުގައި އަޑުގަދަ ކުރައްވައިފައެވެ. އޭނާ ވިދާޅުވީ އެގޮތަށް އަމަލު ކުރީ މި ސަރުކާރުން ރައްޔިތުން ބޭނުންވާ ގޮތަށް ވެރިކަން ނުކުރާތީ ކަމަށެވެ. އަދި ރިޔާސީ ބަޔާނުގައި ހުރީ ހުސް ދޮގު ވާހަކަތަކެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ދިޔާނާ މިއަދު ޖާބިރުގެ ފޮޓޯއަކާއިއެކި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, މިއަދު ހަތަރުދަމު މިޖެހުނީ ބޮނޑިތާންް އަޅަން އިންނަން ކަމަށެވެ.

ރައީސް، ރިޔާސީ ބަޔާން އިއްވެވުމަށް ގާތްގަނޑަކަށް 45 މިނެޓު ހޭދަކުރެއްވި އިރު، ޖާބިރު ވަނީ ބައިގަޑިއިރެއްހާ އިރު ވަންދެން އަޑުގަދަ ކުރައްވައިފައެވެ. ޖާބިރު އަޑުގަދަ ކުރައްވަމުން ގެންދެވީ، މި ސަުކާރުން ކުރާ ނުރަނގަޅު ކަންކަމާއި މެދު ބަސް ނުބުނެ ހަނު ހުންނަން ބޭނުން ނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
32%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 26%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 11%ވަރަށް ދެރަ 26%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: