ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ޖަލުން 31 ގައިދީއަކު ޕޮޒިޓިވް ވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ޖަލުން އިތުރު 31 ގައިދީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހުޅުމާލެ ޖަލުން އިތުރު ގައިދީންތަކެއް ޕޮޒިޓިވް ވެފައިވަނީ އެ ޖަލުން މި މަހުގެ އެއްވަނަ ދުވަހު ގައިދީއަކު ޕޮޒިޓިވްވުމާ ގުޅިގެން ޖަލުން ނެގި ސާމްޕަލްތަކުންނެވެ.

އެޗްއީއޯސީން ބުނީ އެ ކޭސްއާ ގުޅިގެން އެ ޖަލުގެ ގައިދީންނާއި އޮފިސަރުން ހިމެނޭ ގޮތަށް 112 ސާމްޕަލް ނެގި ކަމަށާއި އޭގެތެރެއިން 31 ސާމްޕަލް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިހާތަނަށް އެ ޖަލުން ޕޮޒިޓިވް ވެފައިވަނީ މުޅިން ވެސް ގައިދީން ކަމަށް އެޗްއީއޯސީން ހާމަކުރެއެވެ.

ޕޮސިޓިވް ކޭސްތައް އެކަހެރިކުރެވިފައިވާ ކަމަށާއި އަދި ކޮންޓެކްޓުން ކަރަންޓީނު ކުރެވިފައިވާ ކަމަށް އެޗްއީއޯސީން މައުލޫމާތުދެ އެވެ.

ގައިދީންތަކެއް ޕޮޒިޓިވްވުމާ ގުޅިގެން ހުޅުމާލެ ޖަލު މިވަގުތު ވަނީ ވަގުތީ ގޮތުން ލޮކްޑައުންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: