ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމްޕޭން ޖަލްސާތައް ވާޗުއަލްކޮށް ބާއްވަން އެޗްޕީއޭއިން އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ކައުންސިލް އިންތިހާބު ބޭއްވުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފިއެވެ.

އެޗްޕީއޭއިން އާންމުކުރި ކައުންސިލް އިންތިހާބުގައި އަމަލުކުރަން ޖެހޭ އާންމު އުސޫލުގައި ވަނީ ކެންޑިޑޭޓުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގައި ޢަމަލުކުރަންވީ ގޮތްތައް ހިމަނާފައެވެ.

އެގޮތުން ތާއީދު ހޯދުމާއި، ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް އެއްރަށުން އަނެއްރަށަށް ދަތުރުކުރާނަމަ، “ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި (ޓްރެވެލް ރިލޭޓަޑް)
ކަރަންޓީނު ކުރުމާއި، ކަރަންޓީނު ކުރުމުގައި ޢަމަލު ކުރަންޖެހޭ ގޮތުގެ އުސޫލު” އާ އެއްގޮތަށް ޢަމަލު ކުރުމަށް އުސޫލުގައި ވަނީ އެދިފައެވެ.

ނަމަވެސް މޮނިޓަރިންގގެ ހާލަތުގައިވާ ރަށެއްގައި މިފަދަ ހަރަކާތްތައް ހިންގުމުގެ ގޮތުން ގޭގެއަށް ޒިޔާރަތް ނުކުރުމަށް ވަނީ އެދިފައެވެ. އަދި ތާއީދު ހޯދުމާއި ކެމްޕޭނުގެ ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ޓަކައި ގޭގެއަށް ޒިޔާރަތްކޮށް މީހުންނާ ބައްދަލުކޮށް މުޢާމަލާތްކުރުމުގެ ބަދަލުގައި، މިކަމަށް އޮންލައިން ޕްލެޓްފޯމްތައް އިހުތިޔާރު ކުރުމަށް ވަނީ އެދިފައެވެ.

އަދި ގޭގެއަށް ޒިޔާރަތްކުރާނަމަ، ރައްކައުތެރިކަމުގެ އެންމެހައި ފިޔަވަޅުތައް އެޅުމާއި، ގޭގައި އުޅޭ މީހުންނާ ދިމާވުމުގައި މަދުވެގެން ތިން ފޫޓުގެ ދުރުމިން ބެހެއްޓުމަށާއި މިގޮތަށް ގޭގެއަށް ޒިޔާރަތްކުރާއިރު ރައްކައުތެރިކަމުގެ ގޮތުން މާސްކު އެޅުމާއި، އަތާއި އަތްޖޯޑުކޮށް ސަލާމް ނުކުރުމާއި، ހޭންޑް ސެނިޓައިޒަރ ބޭނުން ކޮށްގެން އަތް ސާފުކުރުމަށް ވެސް ވަނީ އެދިފައެވެ.

އަދި ކެމްޕޭން ޖަލްސާތައް ވަރޗުއަލްކޮށް ބޭއްވުމަށް ވީ އެންމެ ބޮޑަކަށް އިހުތިޔާރު ކުރުމަށްވެސް އެޗްޕީއޭގެ މި އުސޫލުގައި ވަނީ ބާރު އަޅާފައެވެ.

މީގެއިތުރުން މި އުސޫލުގައި ވަނީ އިންތިހާބު ބޭއްވުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ވޯޓު ގުނުމުގައި އަމަލު ކުރަންވީ ގޮތާއި އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުން އަމަލުކުރަން ޖެހޭ ގޮތްތައް ވެސް ހިމަނާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: