ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްގައި އަނެއްކާވެސް ނުރައްކާތެރި ހާދިސާއެއް، އެކަކު ހާލު ސީރިއަސް

އެމްޕީއެލް ވިޔަފާރި ބަނދަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޕީއެލް ސަރަޙައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއްވެ، އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.

އެމްޕީއެލްއިން ބުނީ ހާދިސާގައި އަނިޔާވެފައިވަނީ މިނާ އިންވެސްޓްމަންޓް ގްރޫޕް، ނަމަކަށް ކިޔާ ކްލިއަރެންސް ކުންފުންޏެއްގެ މަޖޫރީއަކަށް ކަމަށެވެ. މި ހާދިސާގައި އޭނާއަށް އަނިޔާވެފައިވަނީ ޓާފް ކާޕެޓް ރޯލްތަކެއް ކެރޭނަކުން ޕިކަޕަށް ލޯޑުކުރުމުގެ ތެރޭގައި ކާޕެޓް ރޯލެއް ވެއްޓިގެންކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމްޕީއެލް ތެރޭގައި ހިނގި ނުރައްކާތެރި ހާދިސާއަކާ ގުޅިގެން ޒަހަމްވި މީހާ އަށް އައިޖީއެމްއެޗްގެ މެއިން ތިއޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެމީހާ އަށް ފަރުވާ ދިނުމަށްޓަކައި އެ ހޮސްޕިޓަލަށް ގެނައީ ރޭގެ ވަގުތެއްގައި ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެމްޕީއެލްގެ ސައިޓުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، އެކަކަށް ފަރުވާދެމުންދާއިރު، މިދިޔަމަހުގެ 7 ވަނަ ދުވަހު ބިއްލޫރި ޕެލެޓެއް ނެރުމުގެ ތެރޭގައި ހިނގި ހާދިސާގައި ޒުވާނަކު ވަނީ ނިޔާވެފައެވެ. މިހާދިސާއާ ގުޅިގެން ފަރުވާދެމުންދަނިކޮށް އުމުރުން 27 އަހަރުގެ އެ ޒުވާނާ ނިޔާވެފައިވަނީ މިދިޔަމަހުގެ 16 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: