ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލިވާތަން ފެނުމަކީ އިންތިޚާބު ފަސްކުރަން ހުއްޖަތެއް ނޫން: ޖަމީލް

އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ޑރ. ޖަމީލް ވާހަކަ ދައްކަވަނީ_ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަލިވާތަން ފެނުމަކީ ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަންޖެހޭ ހުއްޖަތެއް ނޫން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ އެޗްޕީއޭ އިން ނެރުނު ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ގައިޑްލައިނުގައި ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެ އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބާރު އޮތަސް އިރުއިރުކޮޅަކާ ކުރަނީ އިންތިޚާބީ ޙައްޤު ނިގުޅައިގަތުމަށް ހީލަތްތެރި ކަންކަން ކަމަށެވެ. އަދި މަޖިލީހާއި އިލެކްޝަންސް ކޮމިޝަނާއި ދެމެދު ރައްޔިތުން ތާށިކުރުމަކީ ބޮޑު ޖަރީމާއެއް ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

“ޤާނޫނުގެ ދިގު އަތް ފޯރާނެ ދުވަސް އަންނާނެ. ބަލިވާތަން ފެނުމަކީ އިންތިޚާބު ފަސްކުރަން ހުއްޖަތެއް ނޫން” ޖަމީލު ވިދާޅުވިއެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފް މިއަދު ބައެއް މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގައިޑްލައިނުގައި ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އިންތިހާބަށް ވަކި ލުއިތަކެއް ދީފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި ގައިޑްލައިނު އޮތީ އިންތިހާބުގެ ވަރަށް ހަރަދު ބޮޑުވާ ގޮތަށް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އެހެންކަމުން އިންތިހާބު ފަސްކުރުމަށާއި އަދި މިކަމަށް ހައްލެއް ހޯދައިދޭން އަންނަ ހަފުތާގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: