ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ދިން މީހުންގެ އަދަދު 4000 އިން މައްޗަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑު-19 އަށް ވެކްސިން ދިން މީހުންގެ އަދަދު 4269 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު 1003 މީހަކަށް ވެކްސިން ދީފައިވާ ކަމަށާއި ޖުމްލަ 4269 މީހަކަށް ކޮވިޝީލްޑު ވެކްސިން މިހާތަނަށް ދެވިފައިވާ ކަމަށެވެ.

މާލެ ސަރަހައްދުން މިއަދު 787 މީހަކަށް ވެކްސިން ދީފައިވާ އިރު އެ ސަރަހައްދުން މިހާތަނަށް ޖުމްލަ 3573 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

ރާއްޖޭގެ އެކި ރަށްތަކުން މިއަދު 216 މީހަކަށް ވެކްސިން ދީފައިވާ އިރު ރަށްތަކުން ޖުމްލަ 696 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

ރާއްޖޭގައި މިހާރު ޖަހަމުންދަނީ އިންޑިއާ އިން ހަދިޔާކުރި ކޮވިޑް ވެކްސިންގެ 100،000 ޑޯޒެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: