ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭގެ މައްޗަށް ތިން ތުހުމަތެއް

ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) : ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ފުލުހުން ތިން ތުހުމަތެއް ކޮށްފިއެވެ.

އަދުރޭ މިއަދު ހަވީރު ވަނީ ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފައެވެ.

އަދުރޭ ވިދާޅުވީ ފުލުހަށް ހާޒިރުކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ދަރުބާރުގެ ކައިރީގައި ތިއްބައި އޭނާ ހައްޔަރަށް ގެންދިޔަ މައްސަލައިގައި ބަޔާން ނެގުމަށް ކަމަށެވެ. އެ މައްސަަލައާ ގުޅިގެން ފުލުހުން ތިން ތުހުމަތެއް ކުރައްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެގޮތުން ފުލުހުން ތުހުމަތުކުރާ އެއް ކަމަކީ ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދަކަށް ވަތްކަމުގެ ތުހުމަތު ކަމަށާއި، އަނެއް ތުހުމަތަކީ ފުލުހުންގެ ދައުރަށް ހުރަސް އެޅުން އަދި ތިންވަނަ ތުހުމަތަކީ ދަތުރުފަތުރުކުރަން އުނދަގޫވާ ގޮތަށް މަގު ބަންދުކޮށްގެން އިށީނދެ އިނދެ އަޑުގަދަ ކުރުމުގެ ތުހުމަތު ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މިއީ ދޮގު ތުހުމަތުތަކެއް ކަމަށާއި އެގޮތުން ދަރުބާރުގޭ ޕޯޓިކޯއާ ހަމައަށް ދިޔުމުގެ ކުރިން އެއްވެސް ފުލުހަކު އެތަނަށް ވަންނަން ހުރަސް އަޅާފައި ނުވާއިރު، އެތަނަށް ދިޔައިރު އަމީނީމަގު ބަންދުކޮށްފައި ވެސް ނުވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: