ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރު ނަސީމްގެ އަނބިކަނބަލުންގެ ސުވާލެއް: ބަޣާވާތުގެ ބޮޑުންނާއެކު ކޯލިޝަން ހަދައިގެން އިންސާފު ލިބޭނެ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ހަތެއް ފެބްރުއަރީ 2012ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް އުޅުނު މީހުންނާއެކު މި ސަރުކާރުން ކޯލިޝަން ހަދައިގެން އިންސާފު ލިބޭނެތޯ ހެލްތު މިނިސްޓަރު އަހުމަދު ނަސީމްގެ އަނބިކަނބަލުން މައިމޫނާ ހަލީމް(މަނާ) ސުވާލު ކުރައްވައިފިއެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތެއްގައި އޭރުގެ އިދިކޮޅު ފަރާތްތަކާއި، ސިފައިންނާއި ފުލުހުން ސަރުކާރާ ދެކޮޅަށް ނިކުތުމުން އޭރު ރައީސް ކަމުގެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެދުވަހުގެ ހަނދާންތައް މިއަދު އާކުރަމުންދާއިރު، މަނާ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ދުވަހުގެ ބަޣާވާތުގެ ހުރިހާ ބޮޑުންނާއެކު ކޯލިޝަން ހަދައިގެން އުފެދޭ ސަރުކާރަކަށް އެ ބަޣާވާތް ބަލައި އެކަމުގެ އިންސާފު ހޯދޭނެ ގޮތެއް އޮންނާނެތޯ ސުވާލު ކުރައްވާފައެވެ.

ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހުގެ ހަނދާން އާކުރައްވައި މިއަދު ވަނީ ޅެންބައިތެއް ހިއްސާ ކުރައްވާފައެވެ. އެ ޅެންބައިތުގައިވަނީ އެހަނދާންތަކައި ދުރައް ނުދެވުނު ކަމަށާއި، އެކަމަކީ މަޢާފް ކުރެވޭނެވެސް ކަމެއްނޫންކަށެވެ. ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ހަނދާންތައް އާކުރައްވާއިރު، އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް އެންމެބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅުން ތިއްބެވީ މިސަރުކާރު ކޯލިޝަން ތެރޭގައެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 57%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: