ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިލްވާނަށް ބިރު ދެއްކި ވަޅިއާ ބެހޭ މައުލޫމާތު ދިން މީހަކަށް 5 ލައްކަ ރުފިޔާގެ އިނާމެއް ދެނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިޔާ އަހުމަދު ރިލްވާނަށް ބިރު ދެއްކި ވަޅިއާ ބެހޭ މައުލޫމާތު ހޯދައި ދިން ފަރާތަކަށް ފަސް ލައްކަ ރުފިޔާ އިނާމެއް ދޭނެ ކަމަށް ގޮތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ މައްސަލަތައް ބަލާ ކޮމިޝަނުން ބުނެފިއެވެ.

ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެ ވަޅިއަކީ 2014 އޮގަސްޓް ހަތް ވަނަ ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި ރިލްވާން ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ 21 ނަމްބަރު ފްލެޓް ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅިއެއް ކަމަށެވެ.

މިވަޅިއާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފގަރާތެއްވާނަމަ، އެ މައުލޫމާތެއް ކޮމިޝަނަށް ހިއްސާކޮށްދިނުމަށް މަރުތައް ތަހުގީގު ކުރާ ކޮމިޝަނުންވަނީ އެދިފައެވެ.

ކޮމިޝަންގެ އިއުލާނުގައި ބުނެފައިވަނީ، ވަޅިއާއި ގުޅޭގޮތުން ނުވަތަ ކޮމިޝަނުން ތަހުގީގުކުރަމުންދާ ރިލްވާންގެ މައްސަލައާއި ގުޅޭގޮތުން ސާބިތު ހިފޭވަރުގެ ސައްޚަ މައިލޫމާތު ފޯރުކޮށްދޭ ފަރާތަކަށް 500،000ރ (ފަސް ލައްކަ ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ކޮޮމިޝަނުން ބުނެފައިވަނީ މައްސަލައިގެ މައުލޫމާތު ދިނުމަށް ބޭނުންވާ ފަރާތްތަކުން ކޮމިޝަނަށް ހާޒިރުވެ ނުވަތަ ކޮމިޝަންގެ ނަމްބަރު 7390841 ފޯނަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ. އަދި ހަމަ މި ނަމްބަރުން ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް އަދި ސިގްނަލް މެދުވެރިކޮށްވެސް މައުލޫމާތު ހިއްސާކުރެވޭނެ ގޮތަށް ހަމަޖެހިފައިވާކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: